ދިވެހިރާއްޖެ
ދަރަވަންދޫ ރަސްގެ އޮޑި އަތިރިމަތީގައި ބީޗް ކިއޮސްކްއެއް 2 ފާޚާނާ އަދި ޝަވަރ ހިމަނައިގެން ހަދާދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު އިޢުލާން ނަންބަރު: IUL)318-PRO/318/2023/79) އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ދަރަވަންދޫ ރަސްގެ އޮޑި އަތިރިމަތީގައި ބީޗް ކިއޮސްކްއެއް 2 ފާޚާނާ އަދި ޝަވަރ ހިމަނައިގެން ހަދާދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 11:00 |
ޕްރޮޕޯސަލް ހުށަހެޅުއްވުން |
2023 ޑިސެންބަރު 20 ވާ ބުދަ ދުވަހުގެ 13:00 |
އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.
ފޯން: 6602514، 6602519
އީމެއިލް: [email protected]