މަޤާމު
|
ސުޕްރިންޓެންޑެންޓް (އެސިސްޓެންޓް ޑިރެކްޓަރ)
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ (އެމް. އެސް 3)
|
ރޭންކް: MS3
|
މުސާރަ
|
މަހަކު -/7035 ރުފިޔާ
|
ސަރވިސްއެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
ރިސްކް އެލަވަންސް
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން
|
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
އަސާސީ މުސާރައިގެ %35
|
ޑިޕާރޓްމަންޓް
|
ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ހާފްވޭ ހައުސް / ހުޅުމާލެ
|
މަޤާމުގެ ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ކުރަންޖެހޭ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ކުރަންޖެހޭ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ސެންޓަރުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމާއި އަހަރީ ޕްލޭނެއް އަކަށައަޅައި އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުން.
- އަހަރީ ބަޖެޓް ހަދައި ހެޑް އޮފީހަށް ފޮނުވުމާއި އެ އަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަނުގެ މެންޑޭޓާ ގުޅޭގޮތުން ރާވައި ހިންގުން.
- ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ވެރިންގެ މަޝްވަރާގެ މަތިން ގެނައުން.
- ސެންޓަރުގެ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް ބެލެހެއްޓުމާއި، މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލައި އެގޮތަށް ހިނގާކަން ކަށަވަރުކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ސުންގަޑި
|
23 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3334568އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
|