ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނިފޯމު ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން

މިކުންފުނީގެ މުވައްޒަފުންގެ ޔުނިފޯމު ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ                                  

މިކުންފުނިން ދައްކަވާ ނަމޫނާއާ އެއްގޮތަށް މުވައްޒަފުންގެ ޔުނިފޯމު ތައްޔާރުކޮށް ސަޕްލައިކޮށްދެއްވުމަށް ކުރެވުނު މި ކުންފުނީގެ ނަންބަރު HPL/PRC/I-2015/01ފ(04 މާރިޗު 2015) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އެޕްރީލް 2015 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު 8546 688 އާ ގުޅުއްވުން އެދެމެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ