ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާއި، މަނާ ކުރުމާއި ގުޅޭ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި ގުޅޭ:
ޤާނޫނު ނަންބަރ 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ނ) އަދި ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) ގެ 07 ވަނަ މާއްދާގެ (ދ) ގެ ދަށުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކުރުމަށް ކަނޑައަޅާފައިވާ ޤަރާރަށް އިސްލާޙު ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އިން ވަނީ މިއިދާރާއަށް އަންގާފައެވެ.
ޤަރާރަށް ގެނެވިފައިވާ ބަދަލުތައް ތިރީގައި ހިމެނިފައިވާނެއެވެ.
ޤަރާރުގައި ކުރިން ގެނެސްފައިވާ ގޮތް:
ޕްލާސްޓިކްގެ ބާވަތް Product Name |
އެތެރެކުރުން މަނާކުރާ ތާރީޚް Date of prohibition for import |
އުފެއްދުން މަނާކުރާ ތާރީޚް Date of prohibition for production |
ބާޒާރަށް ނެރުން މަނާކުރާ ތާރީޚް Date of prohibition for sales |
1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން Water packaged in plastic bottles of 1 liter and below. |
1 ޑިސެމްބަރ 2023 01 December 2023 |
01 ޑިސެމްބަރ 2023 01 December 2023
|
01 މާރޗް 2024 01 March 2024 |
ޕްލާސްޓިކްގެ ބާވަތް Product Name |
އެތެރެކުރުން މަނާކުރާ ތާރީޚް Date of prohibition for import |
އުފެއްދުން މަނާކުރާ ތާރީޚް Date of prohibition for production |
ބާޒާރަށް ނެރުން މަނާކުރާ ތާރީޚް Date of prohibition for sales |
1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން Water packaged in plastic bottles of 1 liter and below. |
1 އޮގަސްޓް 2024 01 August 2024 |
01 އޮގަސްޓް 2024 01 August 2024
|
01 ނޮވެމްބަރ 2024 01 November 2024 |
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.