ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS-189/IUL/2023/54
އިޢުލާނު
2024 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އިޢުލާން ނަންބަރ: GS-189/IUL/2023/53 (23 ނޮވެމްބަރު 2023) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކުން ހުށަހެޅި ބީލަންތަކުގެ ޝަރުތު ހަމަނުވާތީ މި އިޢުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ. 01 ޖެނުވަރީ 2024 އިން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތަތަކުން 05 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުން ފެށިގެން 10 ޑިސެމަބަރު 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ( ޤާނޫނު ނަންބަރ: 18/2014 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ: 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ހާޟިރުވާ ފަރާތުގަވެސް އައިޑީކާޑާއި، ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.
ބީޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 13 ޑިސެމްބަރު 2023 ވާ ބުދަ ދުވަހު 10:00 ގައެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް 6800549 ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. ސްކޫލުގެ އީމެއިލް އަކީ
21 ޖުމާދަލްޢޫލާ 1445
05 ޑިސެމްބަރު 2023