ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗާއި ، ގޯއްޗާ އިންވެގެންވާ މަގުފަޅިތައް ސާފުކޮށް ބެލެހެއްޓުމަކީ އެ ގޯއްޗެއް ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގޯއްޗާއި ގޯއްޗާ ގުޅިފައިވާ މަގު ނުވަތަ މަގުފަޅިތައް ސާފުތާހިރުކޮށް ނުބެލެހެއްޓުމުގެ ސަބަބުން، ސާފުތާރިކޮށް މަގުތައް ބަލަހައްޓަމުން ގެންދާ ފަރާތްތަކަށާއި އިންވަކިކޮށް ފާރުރޭނުމާއި އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށާއި ބަދަލު ދިނުމުގެ ކަންކަން ނިންމުމަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. ދިރިއުޅުމަށް ދޫކޮއްފައިވާ ގޯއްޗާއި ގޯއްޗާ އިންވެގެންވާ މަގުފަޅިތައް ސާފުކޮން ބެލެހެއްޓުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 148 ވަނަ މާއްދާގެ (ޑ) "މަގުމަތި ކުނިކެހުމާބެހޭ ޤަވާއިދު" ނަންބަރު (2019/R-331)، 12 ފެބްރުއަރީ 2019، ގެޒެޓްކުރެވި މި ޤަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަހައްދުގައި އެ ގޯއްޗަކާވީ ފަޅި އަދި މަގުގެ އަނެއްފަރާތުގައި ގޯއްޗެއްނެތްނަމަ މަގު އެއްކޮށް ކުނިކަހާ ސާފުކޮށް ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ވީމާ އިސްވެދެންނެވުނު ފަދައިން ދިރިއުޅުމަށް ދޫކޮއްފައިވާ ގޯއްޗާއި އެގޯއްޗާ އިންވެގެންވާ މަގުފަޅިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށް މިކަން އަންގާ އިއުލާން ކުރަމެވެ. އަދި މި އިއުލާނާއި ހަވާލާދީ މި މަސައްކަތްތައް ނުހިންގާ ފަރާތްތަކާއި މެދުގައި ހެދިފައިވާ ޤަވާއިދުތަކުގެ މަތިން ފިޔަވަޅުއެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރާނެވާހަކަ ދެންނެވީމެވެ.