މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުން އަތް ދޮވުމަށްޓަކައި، ރާނާ، ސިމެންތި ޖަހާފައިވާ 6 ތަނުގައި ތަށިމުށި ޖަހާ ޒިންކު ބަހައްޓާ ފެންގުޅުމުގެ މަސައްކަތް.
ބީލަން ހުށަހެޅުމުގެ ދަޢުވަތު (5)
މި ސްކޫލްގެ ދަރިވަރުން އަތް ދޮވުމަށްޓަކައި، ރާނާ، ސިމެންތި ޖަހާފައިވާ 6 ތަނުގައި ތަށިމުށި ޖަހާ ޒިންކު ބަހައްޓާ ފެންގުޅުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 06 ން 2023 ޑިސެމްބަރ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މާކުރަތު ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެމްބަރ 12 ވާ އަންގާރަ ދުވަހުގެ 13:00ގައި މާކުރަތު ސްކޫލުގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 18 ވަނަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
- ނަންނޯޓް ކުރުމާގުޅޭ ގޮތުންނާއި އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާކުރަތު ސްކޫލް
ރ. މާކުރަތު، ދިވެހިރާއްޖެ.
ފޯން: 6580333
އީ-މެއިލް: [email protected]
05 ޑިސެންބަރު 2023
ހޯދާ