ދިވެހިރާއްޖެ
އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް
އެސް.ސީ.އެފް ގްރާންޓް ނަންބަރު: TF017182
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮކިއޮމަންޓް އެސިސްޓެންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވާރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ޕްރޮކިއުމަންޓް އެސިސްޓެންޓެއް ހޯދުމަށް ވަނީ ގަސްދުކުރެވިފައެވެ.
ޕްރޮކިއުމަންޓް އެސިސްޓެންޓްގެ މަސައްކަތަކީ މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ ޕްރޮކިއުމަންޓް މަސައްކަތްތައް ވާރލްޑް ބޭންކުގެ ޕްރޮކިއުމަންޓް ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރުމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:
- ޕްރޮކިއުމަންޓް/ ކޮމަރސް/ ފިނޭންސް/ ބިޒްނަސް/ މެނޭޖްމަންޓް/ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާސިލު ކޮށްފައިވުން
ޕްރޮކިއުމަންޓް ޓްރެއިނިންގ ހާސިލު ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ޕްރޮކިއުމަންޓް ދާއިރާގައި މަދުވެގެން (3) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- (1) އަހަރު ދުވަހު ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި ޕްރޮކިއުމަންޓް (ކޮންސަލްޓެންސީ، ވާރކްސް އެންޑް ގުޑްސް) ދާއިރާގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- ޕްރޮކިއުމަންޓް މަސައްކަތުގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ސަރުކާރުގެ ޕްރޮކިއުމަންޓު ގަވާއިދުތަކަށް އަހުލުވެރިވުމާއި، ޕްރޮކިއުމަންޓްގައި ދިމާވާ މައްސަލަތައް އެނގުމާއި، ހައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
- ޕްރޮކިއުމަންޓްގެ ދޭއް ނުވަތަ ތިން ދާއިރާއިން (ކޮންސަލްޓެންސީ، ވާރކްސް އެންޑް ގުޑްސް، ތަފާތު ކޮންޓްރެކްޓްތަކާއި ބީލަންފޮތް ތައްޔާރުކުރުމުގެ) އެކަށީގެންވާ ތަޖުރިބާއާއި ޤާބިލުކަން ލިބިފައިވުން.
- ވާރލްޑް ބޭންކުގެ ޕްރޮކިއުމަންޓް ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ؛ އަދި
- އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑް ބޭންކުގެ ކޮންސަލްޓެންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މަސައްކަތަށް ހޮވޭ ފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/20,000 ރުފިޔާއާއި -/25,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ބާރަ (12) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އެޕްރީލް 02 ވަނަދުވަހުގެ 15:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތައް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް/މޭ 2015 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018419 960+، ފެކްސް: 3018301 960+
އީމެއިލް: [email protected]