ދިވެހިރާއްޖެ
ނަންބަރ:GS149/IUL-2023/17
އިޢުލާން
2024 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން
2024 ވަނަ އަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރި އިޢުލާން ނަންބަރ:GS149/IUL-2023/16 އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.
1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 05 އިން 2023 ޑިސެމްބަރ 10 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
2. މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 10 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. މި ބީލަމާގުޅޭ މަޢުލޫމާތު ޝީޓް ބީލަންފޮތުގެ ސެކްޝަން 7 ގައި ހިމަނާފައިވާނެއެވެ. އަދި ބީލަންފޮތް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ.
3. ބިޑް ހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2023ޑިސެމްބަރ 13 ވާ ބުދަ ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫސްކޫލްގެ ލައިބްރަރީގައެވެ.
ވީމާ، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
ނޯޓް : ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ
ފޯން: 6660841
އީ-މެއިލް [email protected]
05 ޑިސެމްބަރ 2023