ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކޮމިޔުނިޓީ ޓީޗަރ އެޑިޔުކޭޓަރ ކޯޑިނޭޓަރ (ޢަރަބި މާއްދާގެ ކަރިކިޔުލަމް ޑިވެލޮޕްކުރަން)

ބޭނުންވާ އަދަދު: 1 (އެކެއް)                 

ސަރވިސް އެލަވަންސް:  -/3500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

މަޤާމުގެ މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ  (ޑިޕާޓްމަންޓް އޮފް ޓީޗަރ ޑިވެލޮޕްމަންޓް)                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލުމާއި، އެ މަންހަޖު ތަރައްޤީކުރުމާއި، އެ މަންހަޖު ތަންފީޒުކުރުމަށް އޮފީހުން ކުރާ މަސައްކަތުގެ ބައިވެރިއެއްގެގޮތުން މަސައްކަތްކުރުން.

2.  ޢަރަބި މާއްދާގެ މަންހަޖު ތަންފީޒުކުރާގޮތް، ސްކޫލްތަކަށް ގޮސްގެން ބެލުން:

(ހ) ޓީޗަރުން ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަމުގައި އެހީތެރިވުމުގެ ގޮތުން އުފައްދަންޖެހޭ ތަކެތި އުފެއްދުމާއި، އުފައްދާފައިވާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން.

(ށ) ޢަރަބި މާއްދާގެ މަންހަޖު ތަންފީޒުކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ރާވައިގެން، އެކަން ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.

3. ޢަރަބި މާއްދާ ކިޔެވުމާއި ކިޔަވައިދިނުމުގައި ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާނެ ތަކެތި އުފެއްދުމުގެ މަސައްކަތް ކުރުން.  

4. ސްކޫލްތަކާއި ޢަރަބި މާއްދާގެ ފަންނީ މާހިރުންގެ މަޝްވަރާއާއެކު މާއްދާގެ ފޮތްތަކާއި ކިޔެވުމާއި ކިޔަވައިދިނުމުގެ އެހީތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.

5. ޚިދުމަތުގައި ތިބި ޓީޗަރުންނާއި، އަލަށް ޚިދުމަތަށް ނުކުންނަ ޓީޗަރުން، ޢަރަބި މާއްދާގެ މަންހަޖަށާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންކުރާ ވަސީލަތަކަށް އަހުލުވެރިކުރުވުމުގެގޮތުން ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.

6. ޢަރަބި މާއްދާގެ ޕެނަލް ބައްދަލުވުންތައް ބޭއްވުން.

7. ޢަރަބި މާއްދާއާ ގުޅިގެން ބޭރުގެ އެހީތަކުން ލިބޭ ޕްރޮޖެކްޓް މަސައްކަތުގައި އެހީތެރިވެދިނުން.

8. ކަރިކިއުލަމް ޑިވިޜަނުގެ ފަންނީ ކަންކަމާއި އިދާރީ ކަންކަމަށް ބޭނުންވާ އެހީތެރިކަން ދިނުން.

މަޤާމުގެ ޝަރުޠު:                                               

މަޤާމް

 

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7035

3500

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7875

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

8835

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

9890

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

11065

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

12400

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

13890

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

15560

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

ހ. ޢަރަބިބަހުން ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން. 

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއުއިން

މަޤާމް: އިލަސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)                  

ރޭންކް: އެމް. އެސް. 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް:  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓުން ތައްޔާރުކުރާ ތަފާތު ރިސޯސް މެޓީރިއަލްސްއާއި، ޕްރޮގްރާމްތަކަށް ބޭނުންވާ އިލަސްޓްރޭޝަންސްއާއި، ގްރެފިކްސްއާއި، ލޭއައުޓް ތައްޔާރުކުރުން.

2- މި އިންސްޓްޓިއުޓުގެ އެހެން ޑިޕާޓްމަންޓްތަކުން ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓާ ގުޅިގެން ތައްޔާރުކުރާ ތަކެތީގެ ގްރެފިކްސްއާއި އިލަސްޓްރޭޝަންސްއާއި ލޭއައަޓް ތައްޔާރުކުން.

3- ތައްޔާރުކުރެވޭ މެޓީރިއަލްތަކަށް ބޭނުންވާ ފޮޓޯނެގުން.

4- ހަވާލުކުރެވޭ މަސައްކަތްތައް، ހަވާލުކުރެއްވި ބޭފުޅަކާއި، އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކާ ގުޅައިގެން، ކަނޑައަޅާ މުއްދަތަކަށް އެ މަސައްކަތްތައް ނިންމުން.

5- ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓުން ރާވައިގެން ހިންގަމުންދާ މުހިންމު ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

6- ހަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، ކަންކަންތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)                

ރޭންކް: ޖީ. އެސް. 4

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް:  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ (އެޗް.އާރުގައި މަސައްކަތްކުރުމަށް)           

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އިންސްޓްޓިއުޓުގެ ކަރިކިޔުލަމް ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓް އޮފް ކޯޕަރޭޓް އެފެއާޒާއި، ޑިޕާޓްމަންޓް އޮފް އަރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި ލިޔެ ކިޔުންތައް (ވަޒީފާ ދެއްވުމާއި، ބަދަލުކުރުމާއި، ވަކިކުރުން) ތައްޔާރުކޮށް، އިސްވެރިންގެ ހުއްދައާއެކު، ކަމާބެހޭ ފަރާތްތަކަށް ބަރާބަރަށް ފޮނުވައި ހެދުން.
  2. އިންސްޓްޓިއުޓުގެ ކަރިކިޔުލަމް ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓް އޮފް ކޯޕަރޭޓް އެފެއާޒާއި، ޑިޕާޓްމަންޓް އޮފް އަރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން އެޕްރައިޒްކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް، ޔުނިޓްތަކުގެ ވެރިންނަށް ދިނުމާއި، އެޕްރައިޒަލްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެލުން.
  3. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަން ތައްޔާރުކުރާ ލިޔުން، ރިޕޯޓް، ސިޓީ، ނޯޓް، މެސެޖް ފަދަ ތަކެތި ޓައިޕްކުރުން.
  4. އިންސްޓްޓިއުޓުގެ ކަރިކިޔުލަމް ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓް އޮފް ކޯޕަރޭޓް އެފެއާޒާއި، ޑިޕާޓްމަންޓް އޮފް އަރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުމާއި، ވެރިންގެ އިރުޝާދާއެކު މުވައްޒަފުންގެ ވަޒީފާ ބަޔާންތައްޔާރުކޮށްފައި އެފަރާތްތަކާ ހަވާލުކުރުން.
  5. މި އިންސްޓްޓިއުޓުން ސްޕޮންސަރކޮށްގެން ކޯހުގައި ބައިވެރިކުރާ މުވައްޒަފުންގެ ލިޔެކިޔުންތައް ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
  6. ރަސްމީ ގަޑީގައްޔާއި، ނުރަސްމީގަޑީގައި އޮފީސް ހުޅުވައި ލެއްޕުން.
  7. އިންސްޓިޓިއުޓުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް، ވެރިންގެ ލަފާގެމަތިން އޮގަނައިޒްކުރުމުގައި ބައިވެރިއެއްގެގޮތުން މަސައްކަތްކުރުން.
  8. ޔުނިޓުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

ހ. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ބަލައިގެން.

މަޤާމް: އެސިސްޓެންޓް ކެމެރާމަން

ބޭނުންވާ އަދަދު: 1 (އެކެއް)                 

ރޭންކް: ޖީ. އެސް. 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

މަޤާމުގެ ޝަރުޠު:

1- މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތަޢުލީމީ ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯތައް ކެމެރާކުރުން.
  2. ތަޢުލީމީ ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުން.
  3. ޕްރޮގްރާމްތަކުގެ ޕްރޮޑިއުސަރުންނާއި ސްކްރިޕްޓް ރައިޓަރުންގެ މަޝްވަރާގެމަތިން ޕްރޮގްރާމްތަކަށް ބޭނުންވާ ވިޜުއަލްސް ރެކޯޑުކުރުމަށް ބޭނުންވާ ސެޓިންގ ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  4. ވީޑިއޯކުރުމަށް ބޭނުންވާ ކެމެރާ ޔުނިޓްފަދަ ހުރިހާ އިކްއިޕްމަންޓްތަކަށް ގެއްލުމެއް ލިބިއްޖެނަމަ، ސެކްޝަނުގެ އިސްވެރިއަކަށް އަންގައިގެން އެއްޗެއް މަރާމާތުކުރުމަށް މަސައްކަތް ކުރުން.
  5. ވީޑިއޯ ކުރުމަށް ބޭނުންކުރާ ކެމެރާ ޔުނިޓްފަދަ ހުރިހާ އިކްއިޕްމަންޓްތައް ސާފުކޮށް ބެލެހެއްޓުން.
  6. މި ޔުނިޓުން އުފައްދާ އޯޑިއޯ / ވީޑިއޯ ޕްރޮގްރާމްތައް އެޑިޓްކުރުން.
  7. ސެކްޝަނުން ރާވައިގެން ހިންގާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
  8. މަލްޓިމީޑިއާ ރިސޯސް ލައިބްރަރީގައިވާ ރިސޯސަސް ދިވެހިރާއްޖޭގެ ސްކޫލްތަކަށާއި ސަރުކާރުގެ އެކިއެކި އޮފީސްތަކަށް ރައިޓްކޮށްދިނުން.
  9. ހަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންކަންތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ބަލައިގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަވިއު ކުރުން:

- މި މަޤާމްތަކަށް މީހަކު ހޮވުމަށްޓަކައި ކުރާ އިންޓަވިއު އޮންނާނީ، 5 އެޕްރީލް 2015 އާއި 16 އޭޕްރިލް 2015 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓުގެ ވެބްސައިޓުން (www.nie.edu.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް ފައިވާ)

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ- ދިވެހި ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

 - މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީ ބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 31 ވަނަ ދުވަހުގެ 14.00 ގެ ކުރިން.

ނޯޓް:

މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 3323242 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

 26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015
ހޯދާ