ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||||
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
|||||
މަޤާމުގެ ރޭންކް |
ޖީ އެސް 3 |
|||||
ބޭނުންވާ އަދަދު |
1 (އެކެއް) |
|||||
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް |
ކޮޅުމަޑުލު ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓް |
|||||
މުސާރަ |
މަހަކު -/4،465 ރުފިޔާ |
|||||
ސަރވިސް އެލަވަންސް |
މަހަކު -/1،500 ރުފިޔާ |
|||||
ލިވިންގ އެލަވަންސް |
މަހަކު -/2،550 ރުފިޔާ |
|||||
އެހެނިހެން ޢިނާޔަތްތައް |
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 ހަމަޖެހިފައިވާ ޢުޞޫލުން ލިބޭނެ. - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
|||||
މަޤާމުގެ ޝަރުޠުތައް |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު ، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ފާސް ލިބިފައިވުން. |
|||||
މަޤާމުގެ މައިގަނޑު މަސައްކަތް / އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު |
- ވެރިން އަންގަވާ ގޮތެއްގެ މަތިން، ކޯޓުގެ އިދާރީ މަސައްކަތާއި، ފައިސާއާބެހޭ މަސައްކަތްކުރުމާއި، އެކަމާބެހޭ ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުން. - އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށްފައި، އެ ފަރާތްތަކަށް ފޮނުވުން. |
|||||
ހުށަހަޅަންޖެހޭ ލިޔުންތައް |
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މެޖިސްޓްރޭޓް ކޯޓުތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.justice.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) - އައިޑީކާޑު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެޓެސްޓްކޮށްފައިވާ) އަސްލުކޮޕީ |
|||||
ސުންގަޑި |
2015 މާރިޗު 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތ. ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
|||||
ނޯޓް |
މި މަޤާމަށް ކުރިމަތިލެވޭނީ، މީލާދީގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ. |
25 ޖުމާދަލްއޫލާ 1436