ދިވެހިރާއްޖެ
ދ.ބަނޑިދޫ ކުނިކޮށިހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރިކަމަށް ލަފާކުރެވޭ 35-40 ޓަނުގެ ކުނި ތިލަފުށްޓަށް ގެންގޮސް ދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް ހުށަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ކުނިޖަމާކޮށްފައިވާ ސަރަހައްދަށް ވިޒިޓްކުރުމަށް ބޭނުންފުޅުލައްވާ ބިޑާރސް 14 ޑިސެމްބަރ 2023 10:00 އަށް މިކައުންސިލަށްވަޑައިގެން ދެއްވުންއެދެމެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 19 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގައި ބަނޑިދޫ ކައުންސިލް އިދާރާގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 18 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.