ދިވެހިރާއްޖެ
ނަންބަރ. 13 (IUL)241-A/241/2023/
އިޢުލާން
ގއ.އަތޮޅު ކައުންސިލަން ފަރުނީޗަރ ހޯދުން.
މިއިދާރާގެ ނަންބަރ 12(IUL)241-A/241/2023/ ( 09-11-2023) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަންފާޅުކޮށްފައިނުވާތީ ގިނަ ފަރާތްތަކަށް ފުރުސަތުދިނުމުގެ ގޮތުން އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 11ޑިސެމްބަރ 2023ވާ ހޯމަ ދުވަހުގެ 13.00އަށް މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް ) ( [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .
ގުޅޭނެ ނަންބަރ.
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ގަންނަށްބޭނުންވާ ފަރުނީޗަރާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 18ޑިސެމްބަރ 2023 ވާހޯމަ ދުވަހުގެ 13:30ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ. ފަރުނީޗަރ ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ އެސްޓިމޭޓް ނުވަތަ ކޯޓޭޝަން 26 ޑިސެމްބަރ2023ވާ އަންގާރަ ދުވަހުގެ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ
މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް
- ހުށަހަޅާ އަގަށް 60%
- މުއްދަތަށް 10%
- ލިބިފައިވާ ތަޖުރިބާ އަށް 20%
- މާލީ ތަނަވަސްކަން 10% ( މާލީ ތަނަވަސްކަން ހުރި ކަމަށް ބަލައިގަނެވޭނީ ހުށަހަޅާ ފަރާތުގެ ބޭންކް 6 ( ހަމަސް ދުވަހުގެ ސްޓޭޓްމެންޓް ނުވަތަ ގެރެންޓަރ ދޭ ފަރާތެއްގެ ލިއުމެއް ) ހުށަހެޅުމުންނެވެ. މި ގޮތަން ހުށަނާޅާ ބިޑްތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .
20 ޖުމާދަލް އައްވަލް 1445ހ.
04 ޑިސެމްބަރ 2023 މ.
އިބްރާހިމް ޝަހީން
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް