ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެކެވެ.
|
މަޤާމު |
ސަރވޭ މެނޭޖަރ |
|
މީހުން ބޭނުންވާ އަދަދު |
2 (ދޭއް) |
|
ކޮންޓްރެކްޓުގެ މުއްދަތު |
1 އަހަރާއި 10 މަސްދުވަސް |
|
މުސާރަ |
-/8835 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/2000 ރުފިޔާ |
|
މަސައްކަތް ކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ހެލްތު |
|
ޑިވިޜަން / ސެކްޝަން |
ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު |
|
ތަޢުލީމާއި ތަޖުރިބާ |
މެނޭޖްމަންޓް ދާއިރާއަކުން ޑިގްރީއެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ސަރވޭކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ އިދާރީ މަސައްކަތްތަކާއި، ސަރވޭގެ މީޓިންގތަކާއި ޓްރޭނިންގއާ ގުޅޭ ކަންކަން ރާވައި، އެކަން ހިންގައި، ސާރވޭގެ ފީލްޑް މަސައްކަތްތައް ކޯޑިނޭޓްކޮށް، އެކަންކަން ބެލެހެއްޓުން. |
|
މަސައްކަތް ކުރަންޖެހޭ ގަޑި |
ހެނދުނު 8:00 ން ހަވީރު 3:00 އަށް |
|
ޢިނާޔަތް |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
ސުންގަޑި |
މި މަޤަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގަށް) ސިޓީ ހުށަހެޅުން އެދެމެވެ. |
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން |
2015 ވަނަ އަހަރުގެ މާރިޗު މަހުގައި. |
|
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014437 ނަންބަރު ފޯނަށެވެ. |
| 20 ޖުމާދަލްއޫލާ 1436 | |
