ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާންޗް ޑްރައިވަރު

އިޢުލާން

މި އިދާރާގެ ލާންޗު ޑްރައިވަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 18 ފެބުރުވަރީ 2015 ގައި ކުރި ނަމްބަރު: 08//2015/A2-237 ގެ އިޢުލާނުގެ މުއްދަތު ހަމަވިއިރުގައިވެސް އެއްވެސް މީހަކު ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރީމެވެ.

މަޤާމް:

ލާންޗް ޑްރައިވަރު

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ރޭންކް:

އެސް.އެސް 3

މުސާރަ:

3,875.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް (އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން)

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލާންޗުގައި ކުރަންޖެހޭ ދަތުރުތައް، ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  2. އަތޮޅު ކައުންސިލް އިދާރާގެ ލާންޗު ދުއްވާއިރުގައްޔާއި ފަޅުގައި އޮންނައިރު، ލާންޗަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، ލާންޗުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  3. ލާންޗުގެ އިންޖީނަށް ބޭނުންވާ ޕެޓްރޯލާއި، އަޑީތެލާއި، އެހެނިހެން ސާމާނާއި، ލާންޗަށް ހޯދަންޖެހޭ ތަކެތި، ކަމާބެހޭ ވެރިންނަށް ދަންނަވައިގެން ހޯދުމާއި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ހަލާކުވާ ތަކެތި، ކަމާބެހޭ ޔުނިޓާ ހަވާލުކުރުން.
  4. ދަތުރަށް ފެށުމުގެ ކުރިން ސަލާމަތާބެހޭ ތަކެއްޗާއި، މުއާސަލާތުގެ ތަކެއްޗާއި، ދަތުރަށް ބޭނުންވާ ޕެޓްރޯލް ހަމަޔަށް ހުރިތޯ ބަލައި ޗެކްކުރުން.
  5. ލާންޗުގެ ސަލާމަތީ ސެޓްފިކެޓުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޓްފިކެޓް ހެއްދުމަށް ހުށަހެޅުން.
  6. ލާންޗު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ލާންޗުގެ ފަޅުވެރިންނާ ހަވާލުކޮށްފައިވާ މަސައްކަތް އެމީހުންލައްވައި ކުރުވުން.
  7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 މާރިޗު 22 އިން ފެށިގެން ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 މާރިޗު 19 ވަނަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު، ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަނުގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ދަތުރު އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް www.faaf.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  8. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނޭ ލިޔުން. (ހުށަހަޅާ ފަރާތުގެ ސޮއިކޮށްފައިވާ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ 6740017 ނަންބަރު ފޯނަށް ނުވަތަ 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015
ހޯދާ