ދިވެހިރާއްޖެ
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ "ދި ޔުނިޓީ ޗެންޕިއަންސިޕް 2023 – ވޮލީބޯލް އެޑިޝަން"ގެ މެޗުތައް ކުރިއަށްދާ ވަގުތު މޭޒު ބަހައްޓައިގެން ތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިފުރުޞަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ގޮޅިއެވެ. ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށްއެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތްތަކަށެވެ. މިއިން ކޮންމެ ގޮޅިއަކަށްވެސް ހުށަހެޅޭނެ އެންމެ ކުޑައަގަކީ -/50 ރުފިޔާ އެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް ހާއްސަކުރެވިފައިވާ އަގު ހުށަހަޅާ ފޯމް ފުރިހަމަކޮށް 2023 ޑިސެންބަރު 11 ވާ ހޯމަ ދުވަހުގެ 13:00 އަށް ކައުންސިލްއިދާރާއަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި ފުރުޞަތުގައި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މުއައްސަސާ / ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުންނި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.