ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ތިމަރަފުށިން ހައުސިން ޔުނިޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓް އާއްމުކުރުމާއި، ޝަކުވާއަށް ފުރުސަތު ހުޅުވާލުން

އިޢުލާނު

ތ. ތިމަރަފުށިން ހައުސިން ޔުނިޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓް އާއްމުކުރުމާއި، ޝަކުވާއަށް ފުރުސަތު ހުޅުވާލުން

      ތ. ތިމަރަފުށިން ދިރިއުޅުމަށްޓަކައި ހައުސިން ޔުނިޓް ބޭނުންވާ ފަރާތްތަކަށް ހައުސިން ޔުނިޓް ދޫކުރުމުގެ ފުރުސަތު ހުޅުވާލާ އާޢްމުކުރެވުނު ތ. ތިމަރަފުށީ ކައުންސިލްގެ ނަމްބަރ: (IUL)391-EM/391/2022/21 (21 ޖުލައި 2022) ގެ އިޢުލާނުގެ ދަށުން ހައުސިން ޔުނިޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް އެނގޭނެ ލިސްޓް މި އިޢުލާނާއެކު އާންމުކުރީމެވެ.

      މިލިސްޓާއި ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާނަމަ، އެޝަކުވާއެއް 17 ޑިސެމްބަރ ވާ އާދީއްތަ ދުވަހުގެ  13:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޝަކުވާ ހުށަހަޅުއްވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. ޝަކުވާ ހުށަހަޅާ ފޯމް މި އިޢުލާނާއެކު އާއްމުކުރެވިފައިވާނެއެވެ.

      ބުނެވިދިޔަ، މުއްދަތު ތެރޭގައި ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް ކައުންސިލުން އާއްމުކުރުމުގެ ކުރިން، މިހާރު ޝަރުތުހަމަވެ، ހައުސިން ޔުނިޓް ލިބޭ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ. އެ ދެމަފިރިންގެ ތެރެއިން ހައުސިން ޔުނިޓް ލިބޭ ފަރާތް އުޞޫލުގައިވާ ގޮތުގެ މަތިން ކަނޑައަޅައި، ހައުންސިން ޔުނިޓް ނުލިބޭ ފަރާތް އުނި ކުރެވޭނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

      ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކުރުމަށް ހަމަޖެހިފައިވަނީ ޝަކުވާގެ މުއްދަތު ހަމަވާތާ، ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ. އަދި ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކުރުމަށްފަހު، ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރު އަތުލުމަށް ވަނީ ނިންމާފައެވެ.

      ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2023
ހޯދާ