ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)                 

ރޭންކް: އެސް. އެސް. 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000ރުފިޔާ

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ނޮޅިވަރަމް ސުކޫލް / ހދ. ނޮޅިވަރަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، ނޮޅިވަރަމް ސުކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހަވާލުކުރެވިފައިވާ ކުލާސްރޫމްތަކާއި/ އިމާރާތްތައް ކުނިކަހައި ފޮޅައި ސާފުކުރުން (ކުލާސްތަކުގެ ޑެސްކް، ގޮނޑި، މޭޒު، ފެންލައިޓްތައް، ދޮރު، ދޮރުތަކުގެ ބިއްލޫރިތައް، ދޮރުކަނިތައް، ފަންކާތައް ފޮހެ ސާފުކުރުން)
  2. ސްކޫލުގެ ގޯތިތެރެ ސާފުކުރުމުގައި، ކުނިކަހާ އެހެން މަސައްކަތު މީހުންނަށް އެހީތެރިވެ، ކުނިއުކުމުގައި އެހީތެރިވުން.
  3. ފާޚާނާތައް ސާފުކޮށް ތާހިރުކޮށް ބަލެހެއްޓުން (މުވައްޒަފުންގެ ފާޚާނާއާއި ކުދީންގެ ފާޚާނާ)
  4. ސްކޫލުގެ ވަށައިގެންވާ މަގުތަކުގެ ތެރެއިން ހަވާލުކުރެވިފައިވާ މަގު ސާފުކޮށް ބެލެހެއްޓުމާއެކު، ވިނަ ނޮޅައި ސާފުކުރުން.
  5.  ހަވާލުކުރެވިފައިވާ ކުލާސްތަކުގައި ހުރި ދޮރުތަކާއި ކުޑަދޮރުތައް ސާފުކޮށް ބެލެހެއްޓުމާއެކު، މޮޕްކުރަންޖެހޭ ކުލާސްތައް މޮޕްކުރުން.
  6. ހަވާލުވެހުންނަ ސަރަހައްދުގައި ހުރި ހުރިހާ ގަސްގަހާގެހި ސާފުކޮށް ކޮށައި ރީތިކޮށް ބެލެހެއްޓުން.
  7. ސްކޫލުން އަންގާގޮތެއްގެމަތީން ސްކޫލުގެ ގޯތިތެރެ ފެހިކުރުމަށް ގަސްއިންދައި ބެލެހެއްޓުމާއި، ބަގީޗާހައްދައި ގަވައިދުން ފެންދީ ބެލެހެއްޓުން.
  8. އޮފީހުން ހަވާލުކުރާ ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް އަމާނާތްތެރިކަމާއެކު ގަވާއިދުން ރައްދުކުރުން.
  9. އޮފީހުން ހަވާލުކުރާ ލިސްޓްތައް ފަރުވާތެރިކަމާއެކު ލިސްޓްގައިވާ މީހުން ލައްވާ ސޮއިކޮށް ހެދުމާއެކު، އެ ލިސްޓް އަނބުރާ ގެނެސް އޮފީހާ ހަވާލުކުރުން.
  10. ސްޓާފް ރޫމާއި، އޮފީހުގެ ފެންކޫލަރަށް ފެންއަޅައި، ސާފުކޮށް ބެލެހެއްޓުން.
  11. ސްކޫލުގައި އިތުރު ހަރަކާތްތައް ހިންގާ ދުވަސްތަކާއި، ބަންދު ދުވަސްތަކުގައި، ސްކޫލުގެ އޮފީހުން ހާޒިރުވާން އަންގައިފިނަމަ، ފަރުވާތެރިކަމާއެކު ހާޒިރުވެ، ހަވާލުކުރާ މަސައްކަތެއް ރަނގަޅަށް ކުރުން.
  12. ހަނަފަސް މޫސުމުގައި ސްކޫލުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކަށް ފެންޖެހުން. 
  13. ސްކޫލުގެ ފެންވަޅު ސާފުކުރަން ޖެހިއްޖެނަމަ ސާފުކޮށް، ހިއްކަން ޖެހިއްޖެނަމަ ހިއްކުން.
  14. ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑު ފެންޖަހައި ދޮވެސާފުކުރުން.

މަޤާމުގެ ޝަރުޠު:                    

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤަބިލުކަމާއި ސިފަތަކަށެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 2015 މާރިޗު 24 އާއި 26 އާ ދެމެދު ތާރީޚެއްގައި މި ސްކޫލުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހދ. ނޮޅިވަރަމް ސުކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސުކޫލުގެ (ނޮޅިވަރަމް ސުކޫލުގެ) 6520555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ