ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

ކްލެސިފިކޭޝަން

O01 އޮފިސަރ ގްރޭޑް

އަސާސީ މުސާރަ

4،725.00

ނޮން ޕްރެކްޓިސް އެލަވަންސް

އަސާސީ މުސާރައިގެ %35

ޑެއިލީ ސަރވިސް އެލަވަންސް

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/175ރ

ފޯން އެލަވަންސް

ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން

މަޤާމުގެ މަސްއޫލިއްޔަތު

އިދާރީ މަސައްކަތްކުރުން

މައިގަނޑު މަސައްކަތްތައް

  • އެންޓްރީ ބެލެހެއްޓުން.
  • ފޯނަށް ޖަވާބުދިނުން.
  • ހާޒިރީ ބެލެހެއްޓުން.
  • ސިޓީ ލިޔުމާއި ޑިސްޕެޗްކުރުމާއި ފައިލް ކުރުން.
  • ޕާޗަރސް އޯޑަރ ހެދުމާއި، ކޯޓޭޝަން ހޯދުންފަދަ ޕްރޮކިއުމަންޓާގުޅޭ މަސައްކަތްތައް ކުރުން.
  • ކޮމިޝަންގެ އެޑްމިނިސްޓްރޭޝަނާގުޅޭ އެހެނިހެން މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
  • އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މުވައްޒަފެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މަޤާމުގެ ނަން

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

ކްލެސިފިކޭޝަން

AO1

އަސާސީ މުސާރަ

   3,150.00

ނޮން ޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %35

ޑެއިލީ ސަރވިސް އެލަވަންސް

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/150ރ

ފޯން އެލަވަންސް

ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން

ފެންވަރު ނުވަތަ ޝަރުޠު

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖީ.ސީ.އީ އޯލެވެލްއާއި، އޭލެވެލް ހަދާފައިވުން. އަދި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 1 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން

 ހުށަހަޅަންޖެހޭ ލިޔުންތައް
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަމަންޑޭޝަން ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
  •  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
 ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި
  • 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ­އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން

މ.މޫކައިސުއިޓްސް، 6 ވަނަ ފަންގިފިލާ

ހަވީރީހިނގުން، މާލެ 20222، ދިވެހިރާއްޖެ

އިންޓަވިއުކުރުން

  • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

މި މަޤާމުތަކަށް މުވައްޒަފުން ހޮވޭނީ ތަޢުލީމީ ސެޓިފިކެޓްތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް

ނޯޓް

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ޝަރުޠުގައިވާ ލެވެލްގެ ކޯހެއް ހަދާފައިވާ ފަރާތްތަކުގެ ތެރެއިން، ކޯސް ނިމިފައިވާ ކަމުގެ ލިޔުން ކިޔެވި މަރުކަޒަކުން ދޫކޮށްފައިވާ ފަރާތްތަކަށް މިމަޤާމަށް ކުރިމަތި ލެވިދާނެއެވެ. ނަމަވެސް، މިފަދަ ފަރާތްތަކާ އިންޓަރވިއުކުރެވޭނީ، އިންޓަރވިއު އޮންނަ ތާރީޚަށް، ސެޓްފިކެޓް އެޓެސްކޮށް ނުވަތަ ސެޓްފިކެޓްގެ ލެވެލް އެނގޭގޮތަށް މޯލްޑިވް ކޮލިފިކޭޝަން އޮތޯރިޓީން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމެއް ހުށަހެޅުމުން

ސަމާލުކަމަށް

(IUL)455-CS/1/2015/1006 އަދި  (IUL)455-CS/1/2015/1005 މިކޮމިޝަނުގެ އިޢުލާނު ނަންބަރު

އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ކޮމިޝަންގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެމެވެ.

12 މާރިޗު 2015
ހޯދާ