މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 ޑިސެންބަރު 09 ވަނަ ދުވަހުގެ 19:00 އިން 21:30 އަށް ކ. ގިރިފުށީގައި އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއި ގުޅޭ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ޑިސެންބަރު 09 ވަނަ ދުވަހުގެ 19:00 އިން 21:30 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއާރސް އާއި ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 3000 މީޓަރ ދުރުމިނަށެވެ. އަދި ފްލެއާރސްއާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
03 ޑިސެންބަރު 2023
ހޯދާ