މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ އެކައުންޓިންގް ސޮފްޓްވެއަރ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ އެކައުންޓިންގް ސޮފްޓްވެއަރ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އެހީތެރިކަމާއެކު، މި މިނިސްޓްރީއިން ތަންފީޛުކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، ސިންގަލްވިންޑޯ ނިޒާމުގެ އޮޕަރޭޓަރ ކުންފުނިކަމުގައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ އެކައުންޓިންގް  ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުމަށް މި މިނިސްޓްރީއިން ކުރި ނަންބަރ:  (IUL)101/1/2023/191 (21 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބީލަން ހުށަހަޅާފައިނުވާތީ، ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް، ބީލަން އަލުން ހުށަހެޅުމުގެ ފުރުޞަތު، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިބީލަންގެ ކަންކަން ކުރިއަށްގެންދާނީ އޭ.ޑީ.ބީ ގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ރިކުއެސްޓް ފޮ ކޯޓޭޝަން (އާރް.އެފް.ކިއު)ގެ އުސޫލުތަކާއި އެއްގޮތަށެވެ. ވިމާ، ބީލަން ކާމިޔާބުކުރާ ފަރާތާއެކު ޚިދުމަތާއި ތަކެތި ހޯދުމަށް މި މިނިސްޓްރީއިން ސޮއިކުރާ އެއްބަސްވުން އެކުލަވާލެވޭނީ، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އޭ.ޑީ.ބީ ގެ ޝަރުތުތައް ނުވަތަ ޓާރމްސް އެންޑް ކޮންޑިޝަންސް އާއި އެއްގޮތަށެވެ.

އެކައުންޓިންގް ސޮފްޓްވެއަރ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަގު ހުށަހަޅުއްވާ ފަރާތްތަކުން 18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ)  އަށް ވަޑައިގެންއަގު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، ގެޒެޓްގައި ޝާއިޢުކޮށް އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7988802 އަށް ގުޅުއްވުން އެދެމެވެ.

އަގު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛

  1. ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް

އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)

  1. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  2. އަގުހުށަހަޅާ ސޮފްޓްވެއަރ އާއި ސްޕެސިފިކޭޝަން
  3. އަގުހުށަހަޅާ ސޮފްޓްވެއަރގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
  4. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  5. ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)
  6. ހުށަހަޅާ ބިޑު/ޕްރޮޕޯސަލްގެ ކޮޕީއެއް (ކޮޕީއެއްކަން އެނގޭނެހެން ފާހަގަކޮށްފައި)

މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި/ލިޔުންތަށް ހަމަ ނޫން ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

03 ޑިސެންބަރު 2023
ހޯދާ