ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާގެ އެތެރޭ ފާހާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު 269/269/2023/55 (IUL) (02 ނޮވެމްބަރ 2023) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދެއްވާފައިނުވާތީ، އަލުން 3 ވަނަ ފަހަރު މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނެ ތާރީޚާއި ގަޑި އަދި ތަން ތިރީގައި ދަންނަވާފައި އެވަނީއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައި ވާނަމަ، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:00

17 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 10:00

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2023
ހޯދާ