ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު މި ސްކޫލްގެ ސެކިއުޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

   ނޫމަރާ ސްކޫލް

   ނޫމަރާ ދިވެހިރާއްޖެ                                                ނަންބަރު: GS102/IUL/2023/09      

 

 

އިޢުލާނު  

 

2024ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

                    2024 ޖެނުއަރީ 01 ން 2024 ޑިސެމްބަރ 31 އަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މަޢުލޫމާތު ދިނުމުގެ ސެސަން

އަންދާޒީ ހިސާބު ހުށަހެޅުމާއި ކެނޑުން

10 ޑިސެމްބަރ 2023       މެންދުރުފަހު 13:30

13 ޑިސެމްބަރ 2022       މެންދުރުފަހު 14:00

 

                   މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ތަމްސީލްކުރާ ކުންފުނި / ވިޔަފާރި އެނގޭނެގޮތައް ސިޓީއަކާއިއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޞިރުވާއިރު ތަމްސީލް ކުރާ ކުންފުނި / ވިޔަފާރީގެ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) އިން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' ނޫމަރާ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތަކާއި ފުރިހަމަކުރަންޖެހޭ ބައިތައް ރަނގަޅަށް ފުރިހަމަނުވާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

                     ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

                             19 ޖުމާދުލްޢޫލާ 1445

                             03 ޑިސެމްބަރ 2023

 

 

 

ސަޖީ ތައިކީލް

                                                         ޕްރިންސިޕަލް

03 ޑިސެންބަރު 2023
ހޯދާ