މާވަށު ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު މާވަށު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

ތާރީޚް: 03 ޑިސެމްބަރ 2023މ.                                       ނަންބަރު:GS-49/IU/2023/20

އިޢުލާން

މާވަށު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

            01 ޖެނުއަރީ 2024މ. ން 31 ޑިސެމްބަރ 2024މ. އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 8/20141 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 03 ޑިސެމްބަރ 2023 އިން  11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިސުކޫލުގެ ނަންބަރ (6800010) އަށް ގުޅައި ސާފުކުރަންވާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާވަށު ސުކޫލުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800010 ނަންބަރު ފޯނާއެވެ.

 

03 ޑިސެންބަރު 2023
ހޯދާ