ދިވެހިރާއްޖެ
|
ނ. އަތޮޅު މަދަރުސާ
ނ.މަނަދޫ
ނަމްބަރ 28GS35/2023/
އިޢުލާން
ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިގުޅޭ.
1 ޖެނުއަރީ 2024 ހުންފެށިގެން 1 އަހަރުގެ މުއްދަތަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި
ދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް އެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
1 ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާން
ކުރާ ފަރާތްތަކަށެވެ.
1.1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
1.2 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
1.3 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
1.4 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
1.5 މިމާއްދާގެ 1 ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 03 އިން 2023 ޑިސެމްބަރ 07 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.30 އިން މެންދުރު 13.30 އަށް ސްކޫލަށްދުރުވެ ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާފަރާތްތަކަށެވެ. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެމްބަރ 10 ވާ އާދިއްތަ ދުވަހުގެ މެންދުރު 13.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. ބިޑުހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 12 ވާ އަންގާރަ ދުވަހުގެ މެންދުރު 13.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް މި ސްކޫލުން ދޫކުރާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައޫލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ނ. އަތޮޅު މަދަރުސާ / ނ.މަނަދޫ
ފޯންނަމްބަރ 6560003
އީމެއިލް: [email protected]
18 ޖުމާދަލްއައްވަލް 1445
02 ޑިސެމްބަރ 2023