ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ވޭން ރަޖިސްޓްރީ ނަންބަރު: B1A7438 ނީލަމުގައި ވިއްކާލުމުގެ ނޯޓިސް

ތިރީގައި ބަޔާންކުރެވިފައިވާ މިބޭންކުގެ އުޅަނދު، އޭގައި ހިމެނޭ އެންމެހާ އާލާތްތަކާއެކު އާންމުކޮށް ހުޅުވާލައިގެން ނީލަމުގެ އުސޫލުން ވިއްކާލުމުގެ ކަންކަން 30 ނޮވެމްބަރ 2023 އިން ފެށިގެން 12 ޑިސެމްބަރ 2023 އާ ދެމެދު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

  1. 1.       އުޅަނދުގެ ތަފްޞީލް:

ބާވަތް:                 ވޭން

ރަޖިސްޓްރީ ނަންބަރު:        B1A7438

އިތުރު ތަފްޞީލް:         ބްރޭންޑް: ޓޮޔޯޓާ | އިންޖީނު ކެޕޭސިޓީ: 1,490 cc | އުފުލޭމީހުން ގެ އަދަދު: 5 | ހަކަތައިގެ ބާވަތް: PETROL

ވެރިފަރާތް:              ބޭންކް އޮފް މޯލްޑިވްސް ޕލކ

ރަޖިސްޓްރީ ކުރި ތާރީޚް:     26 އޮކްޓޯބަރ 2014

ހާލަތު:                އުޅަނދު އެންމެފަހުން ދުއްވާފައިވަނީ މެއި 2023 ގައި އަދި މިހާރު އޮތީ ބެޓެރި ބަދަލުކުރުމުން ދުއްވޭފަދަ ހާލަތުގައި. އެންމެފަހުން އުޅަނދު ސާރވިސް ކުރީ އޮކްޓޫބަރު 2022 ގައި

                   

  1. 2.       ނީލަމުގެތަފްސީލް:

ފެށޭ އަގު:                      100,000.00ރ. (އެއްލައްކަ ރުފިޔާ)

މަދުވެގެން އިތުރުކުރެވޭނެ އަގު:        5,000.00ރ. (ފަސްހާސް ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚް:             12 ޑިސެންބަރ 2023 ވަނަ ދުވަހުގެ މެންދުރުފަހު 01:30 އަށް

 

މިނީލަމުގައި ހިމެނޭ އުޅަނދު ގަތުމަށް އަގު ހުށަހަޅާނީ މިހާރު އެ އުޅަނދު އޮތް ތަނުގައި އަދި އޮތް ހާލަތުގައި ގަތުމަށެވެ. މަތީގައި ބަޔާންކުރެވިފައިވާ އުޅަނދު މިހާރުއޮތީ މާލެ ސަރަހައްދުގައެވެ. އުޅަނދު ބައްލަވަން ބޭނުންވާ ފަރާތްތަކުން މި ބޭންކުން ކަނޑައަޅާ ގަޑިތަކެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އިންވެންޓްރީ ޔުނިޓަށް ހާޟިރުވެ، އުޅަނދު ބެލުމުގެ ފުރުޞަތު ހަމަޖައްސައި ދެވޭނެއެވެ.

ނީލަން ކުރިއަށް ގެންދާނީ އޮންލައިންކޮށް އައިބޭ މެދުވެރިކޮށެވެ. ނީލަން ނިންމާލެވޭނީ ވެބްސައިޓުގައި ނީލަން ނިންމާލުމަށް ކަނޑައަޅައިފައިވާ ވަގުތު ހަމަވުމުންނެވެ. ނީލަން ނިންމާލުމަށް 1 (އެކެއް) މިނެޓަށް ވެފައިވަނިކޮށް އަގު ހުށަހަޅާފައިވާނަމަ އެންމެފަހުން އަގުހުށަހެޅި ވަގުތުންފެށިގެން 1 (އެކެއް) މިނެޓު އިތުރަށް ދެވޭނެއެވެ. މިހާލަތުގައި ނީލަން ނިމޭނީ އެއް މިނެޓު ތެރޭގައި އެއްވެސް އިތުރު އަގެއް ހުހަޅުއްވައިފައި ނުވާނަމައެވެ.

  1. 3.       އަގުހުށަހެޅުން:

އަގުހުށަހަޅާ ތަން:        ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅޭނީ އައިބޭ ވެބްސައިޓް މެދުވެރިކޮށް އައިބޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މި އިޢުލާނުން ނީލަންކިޔޭ ތަކެތި ފެންނަންހުންނާނީ އައިބޭގައި ހުންނަ ބޭންކުގެ ސްޓޯފްރަންޓް (https://stores.ibay.com.mv/RecyclingBML) މެދުވެރިކޮށެވެ.

ހުށަހަޅަންޖެހޭ ގޮތް:       އަގުހުށަހެޅުމަށް ނީލަންކިޔޭ ތަކެތީގެ ވެބް ޕޭޖްއަށް ސްޓޯފްރޮންޓް މެދުވެރިކޮށް ވަނުމަށްފަހު އަގު ޖެއްސުމަށްފަހު، ޕްލޭސް ބިޑް ބަޓަން އަށް ފިތާލުމަށްފަހު، އޯކޭ ބަޓަން އަށް ފިތާލާނީއެވެ. ނީލަން ކިއުން ކުރިއަށް ގެންދާނެ ގޮތް ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.

 

  1. 4.       ނީލަންނިންމުން:

ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހެޅިފަރާތުން ތިރީގައިވާ މަޢުލޫމާތު މިބޭންކުގެ އިންވެންޓްރީ ޔުނިޓް (އީމެއިލް: "[email protected]") އީމެއިލް މެދުވެރިކޮށް މުއާމަލާތުކުރަންވާނެއެވެ.

އަމިއްލަ ފަރުދެއްނަމަ:     - އައިބޭގެ ޔޫސަރނޭމް، ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) އީމެއިލް ގައި ސާފުކޮށް ބަޔާންކުރައްވާފައިވާ

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓް ކޮޕީ)

ކުންފުންޏެއްނަމަ:        - މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ، އައިބޭގެ ޔޫސަރނޭމް، ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) އީމެއިލް ގައި ސާފުކޮށް ބަޔާންކުރައްވާފައިވާ

- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލްސް އޮފް އެސޯސިއޭޝަން

 

ނީލަން ނިމުމަށްފަހު، މިބޭންކަށް ހުށަހަޅާފައިވާ މަތީގައިވާ މަޢުލޫމާތު ވެރިފައިކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް މިބޭންކުން މުއާމަލާތްކުރާނެއެވެ. އަދި، އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަންވާނެއެވެ. މިފައިސާ ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލް ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

ފައިސާ ދެއްކުމަށްފަހު މިބޭންކުން ކަނޑައަޅައި މުއްދަތެއްގެ ތެރޭގައި މި ނީލަމުގައި ވިއްކޭ ތަކެއްޗާއި ހަވާލުވެ ގަތްފަރާތުގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ. މި ނީލަމުގައި ވިއްކޭ ތަކެއްޗާއި ހަވާލުވާނީ ތަކެތި ގަންނަފަރާތުން ބޭންކް އޮފް މޯލްޑިވްސް ގެ އިންވެންޓްރީ ޔުނިޓުގެ ހާޟިރުގައެވެ. ފައިސާ ދެއްކުމަށްފަހު އުޅަނދުގެ ރަޖިސްޓްރީ ގަތްފަރާތުގެ ނަން މައްޗައް ބަދަލުކުރަން 2 (ދޭއް) މަސްދުވަހުގެ މުއްދަތެއްދެވި މި މުއްދަތުގެ ފަހުން ރަޖިސްޓްރީ ބާތިލް ކުރެވޭނެއެވެ.

ނީލަމުގެ ހުރިހާ މަރުހަލާއެއްގައިވެސް ނީލަން ބާތިލްކުރުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ އިންވެންޓްރީ މެނޭޖަރ (ފޯން ނަންބަރު: 7356558+960 ) ނުވަތަ  އިންވެންޓްރީ ޔުނިޓް (އީމެއިލް: "[email protected]") އީމެއިލް މެދުވެރިކޮށް މުއާމަލާތުކުރެއްވުން އެދެމެވެ.

 

ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ ބޭފުޅަކަށް (އާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.

30 ނޮވެމްބަރ 2023

30 ނޮވެންބަރު 2023
ހޯދާ