ދިވެހިރާއްޖެ
"އޯޝަން ކަންޓްރީ ޕާރޓްނަރޝިޕް ޕްރޮގްރާމް ސްކޮލަރޝިޕް މޯލްޑިވްސް" ގެ ދަށުން ޔުނިވަރސިޓީ އޮފް ދަ ސައުތް ޕެސިފިކްގައި ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް އިން މެރިން ސައިންސް ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން ވަނީ އަންގަވާފައިވެއެވެ. މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ، ލިވިންގ އެލަވަންސް، ރިސާރޗް ސަޕޯޓް ގްރާންޓް، ޓްރެވަލް ގްރާންޓް އަދި ޑިޕެންޑެޓް، ޑިސްއެބިލިޓީ އެންޑް މެޓަރނިޓީ ކޯސްޓްސް ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ. މިއާއިގުޅޭ އިތުރު ތަފްސީލް ތިރީގައިވާ ލިންކް އިން ލިބޭނެއެވެ.
ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޑިސެމްބަރ 2023 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އަދި ސްކޮލަރޝިޕާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ.
https://www.acu.ac.uk/funding-opportunities/for-students/scholarships/ocpp/maldives/
………………………………………………………………………………………………………………………………………………………………………
*މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.
* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.