ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/155
އިޢުލާން
ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖސްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަތުން.
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 25 ޑިސެމްބަރ 2023 ގެ ކުރިން ހުށަހެޅުމަށާއި، މިތާރީޚުގެ ކުރިން ފޯމު ހުށަހަޅާފައި ނުވާ ފަރާތައް ދަފްތަރުން އުނިކުރެވޭނެ ކަމަށާއި، އަދި 29 ނޮވެމްބަރ 2023 ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއި، 03 ޑިސެމްބަރު 2023 ވާ އާދީއްތަ ދުވަހުން ފެށިގެން ފޯމު ބަލައިގަންނަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރި ވެފައިވާ ފަރާތްތަކުންވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހަޅަންވާނެ ކަމުގައި ދެންނެވީމެވެ.
- ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ފަރާތްތައް.
- ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަތާތްތައް.
- ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލު ވެފައިވާ ފަރާތްތައް.
- 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެ / މީހުން ހިމެނޭ ޢާއިލާތައް.
މަތީގައި ބަޔާން ކޮށްފައިވާ ފަރާތްތަކުން، ދެވިފައިވާ މުއްދަތަށް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހަޅާފައި ނުވާނަމަ، ދަފްތަރުން އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ރަބީޢުލްއައްވަލު 1445
30 ނޮވެމްބަރ 2023