ދިވެހިރާއްޖެ
އިޢުލާން ނަންބަރު:GS166/IUL/2023/29
2024ވަނަ އަހަރަށް ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2024 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2021) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންވާ ފަރާތުގެ/ކުންފުނި ނަން، ގުޅޭނެ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު ހިމަނުއްވައި މިސްކޫލުގެ މެއިލް ނުވަތަ ނަންބަރަށް ގުޅުއްވައިގެން ނުވަތަ އޮފީސް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މީގެ އިތުރުން https://forms.gle/RFu2PGFkt8zgs5rs8 މިލިންކް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މީގެއިތުރުން މިބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 11 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00 ކުރިން މިސްކޫލަށް ގުޅުއްވުން އެދެމެވެ.
ނަންނޯޓް ކުރުމާއި، އަންދާސީހިސާބު ހުށަހެޅުން |
މުލަކު ސްކޫލް އޮފީސް |
ރަޖިސްޓްރީކުރުން |
03 ޑިސެމްބަރ 2023 ން 07 ޑިސެމްބަރ 2023 ށް (14:00) |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން |
12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި |
މުލަކު ސްކޫލް
ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.
ފޯން: 7952903 , 7988183
އީ-މެއިލް: [email protected]