މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ވެލުއޭޝަން އޮފިސަރ

މަޤާމު:

އެސިސްޓަންޓް ވެލުއޭޝަން އޮފިސަރ  (ޖީ.އެސް 3)      (1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މުސާރަ:

ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

-

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓް ޑިވިޜަން

މަޤާމްގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސަރުކާރުގެ އަގުބޮޑު ތަކެއްޗާއި ޕްރޮޕަރޓީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ހަމަޖެހިފައި އޮންނަ އުސޫލަކުން ޔުނިޓްގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
  • މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ފިހާރަތަކެއް އަގު ކުރުމުގެ އެންމެހައި މަސައްކަތްތައްކުރުން.
  • ރާއްޖޭގައި ހުރި ސަރުކާރުގެ ޕްރޮޕަރޓީތައް އަގު ކުރުމުގެ މަސައްކަތް ކުރުން.
  • ސަރުކާރުގެ އަގު ބޮޑު އެސެޓްތައް އަގު ކުރުމުގެ މަސައްކަތް ކުރުން.
  • ސަރުކާރުގެ ހުރިހާ އެސެޓްތައް އަގުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރަޖިސްޓަރީއެއް ހެދުމަށް ޕްރޮޕަރޓީ މެނޭޖްމަންޓް އޮފިސަރަށް އެހީތެރިވުން.
  • ސަރުކާރުގެ ހުރިހާ އެސެޓްތައް އަގުކޮށް އެއަށް އަންނަ ބަދަލުތައް ހޯދައި އެސެޓް ރަޖިސްޓަރީ ފުރިހަމަކުރުން.
  • ރާއްޖެއިން ބޭރުގައި ހުރި ސަރުކާރުގެ ޕްރޮޕަރޓީތަކުގެ މަޢުލޫމާތު ހޯދައި، އެތަންތަން އަގުކޮށް ރަޖިސްޓަރީ ފުރިހަމަކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ ކަނޑައެޅިފައިވާގޮތަށް ގަޑިއަކަށް -/40 ރުފިޔާ ދެވޭނެއެވެ.
  • އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  • މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  • އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • މުޢާމަލާތް ކުރާ ގޮތް
  • ސާފުތާހިރުކަން     

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސާރޓިފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   

ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

23 މާރިޗު 2015 (ހޯމަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލްއާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.


19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ