ދިވެހިރާއްޖެ
`
A.Dh. Atoll School
A.Dh. Maamigili
Rep. of Maldives
Ref. No. GS-42/2021/IUL/39
އިޢުލާން
__________________________________________________________________________
ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާބެހޭ:
1 ޖެނުވަރީ 2024 އިން 31 ޑިސެމްބަރު 2024 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދިނުމަށް ސައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް (GS-42/2023/ILU/38) އަށް އެކަށީގެންވާ ތަރުހީބް ލިބިފައިނުވާތީ އެފުރުޞަތު އަޅުން ހުޅުވާލަމެވެ.
މައުލޫމާތު ސާފުކުރުން |
ބިޑް ހުށަހެޅުން |
ތާރީޙް: 7 ޑިސެމްބަރ 2023 ( ބުރާސްފަތި) |
ތާރީޙް: 10 ޑިސެމްބަރ 2023 (އާދީތަ) |
ގަޑި: 11:00 / ތަން: އދ. އަތޮޅު މަދަރުސާ (އޮފީސް) |
ގަޑި: 11:00/ ތަން: އދ. އަތޮޅު މަދަރުސާ (އޮފީސް) |
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6680021 އާ ގުޅުއްވުން އެދެމެވެ.
ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި" އދ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުން "މިހެން ލިޔެފައި އޮންނަންވާނެއެވެ.
16 ޖުމާދުލްއޫލާ 1445
30 ނޮވެމަބަރ 2023
އދ. އަތޮޅު މަދަރުސާ ( މާމިގިލި ، ދިވެހިރާއްޖެ ( ފޯނު: 6680021 އީމެއިލް : Email:[email protected]