ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

އިޢުލާން

މި ޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން: އިމިގްރޭޝަން އޮފިސަރުން

ރޭންކް: CS2

ސެކްޝަން: 3 (ތިނެއް) މަސްދުވަހުގެ ވަގުތީ މުއްދަތުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ހެޑް އޮފީސް (މާލެ) އެއަށްފަހު ޏ. ފުވަމުލަކުގައި ހުންނަ އިމިގްރޭޝަންގެ އޮފީސް

މުސާރަ: -/6،500ރ

ސްޕެޝަލް ސަރވިސް އެލަވެންސް: މުސާރައިގެ %35 (ވަޒީފާ ދާއިމީ ވުމުން)

ޚާއްޞަ ޚިދުމަތްތަކަށްދޭ އެލަވަންސް: އެއަރޕޯޓް، ސީޕޯޓްގެ ޚިދުމަތްދޭ އިމިގްރޭޝަން އޮފިސަރުން މަސައްކަތު ނުކުންނަ ދުވަހަކަށް -/120 ރުފިޔާ އަދި އެއަރޕޯރޓް، ސީޕޯޓްގެ ޚިދުމަތް ނޫން އެހެން ޚިދުމަތް ފޯރުކޮށްދޭ އިމިގްރޭޝަން އޮފިސަރުން މަސައްކަތު ނުކުންނަ ދުވަހަކަށް -/90 ރުފިޔާ

ނޯޓް: ޓްރޭނިންގެ މުއްދަތުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ދެވޭނެއެވެ.

ކޮއްތު ފައިސާ: -/60ރ (އެއަރޕޯޓަށް ނިކުންނަ ކޮންމެ ދުވަހަކަށް)

އަދަދު: 02 (ދޭއް)

މުއްދަތު: 6 (ހައެއް) މަސްދުވަހުގެ ވަގުތީ މަޤާމަށް ފަހު މަސައްކަތުގައި ހުނަރާއި ޤާބިލްކަމަށްބަލައި ސިވިލް ސަރވިސް ގެ އުސޫލުތަކާ އެއްގޮތަށް ވަޒީފާ ހަމަޖައްސާނެއެވެ.

މަސައްކަތް ކުރާނެ ތަން: 02 (ދޭއް) އޮފިސަރުން ޏ. ފުވައްމުލަކުގައި ހުންނަ އިމިގްރޭޝަންގެ ރީޖަނަލް އޮފީހުގައި

ތައުލީމާއި ތަޖުރިބާ: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު، ސާނަވީ އިމްތިޙާނު 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އުމުރުން 25 އަހަރު (އިޢުލާންގެ މުއްދަތު ހަމަވާއިރު 25) ފުރިފައިނުވުން. އަދި އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ޞިއްޚީ ޤާބިލުކަން ލިބިފައިވުން. (އިންޓަރވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ).

ނޯޓް: މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާރކްސް ދިނުމުގައި، އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރަށްވުރެ މަތީގެ ސެޓުފިކެޓް ހުށަހެޅި ކަމުގައިވިޔަސް މާރކްސް ދިނުމުގައި ބަލާނީ އަސާސީ ޝަރުޠަށް އެކަންޏެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް މާރކްސް ނުދެވޭނެއެވެ.

މި މަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި ދާއިމީ ކުރާއިރު ވަޒީފާގެ ހަމަޖެއްސި ތާރީޚު ކަމުގައި ބަލާނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސި ތާރީޚަށެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރާއްޖޭގެ ބަނދަރުތަކުން އެތެރެވެ ބޭރުވާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުން.
  • އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ކަނޑު ބޯޓްފަހަރުތަކަށް ދިއުން.
  • ބިދޭސީން ރާއްޖޭގައި ތިބުމަށް އެކިއެކި ވީޒާ ދޫކުރުމުގެ އެޑްމިސްޓްރޭޓިވް މަސައްކަތްތައްކުރުން.
  • ދިވެހިރަތްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވްލް ޑޮކިއުމަންޓްގެ ޚިދުމަތްދިނުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން.
  • އެއަރޕޯޓްތަކުގައި އަދި ހެޑްއޮފީހުގައި ކައުންޓަރ މަސައްކަތްކުރުން އެހެނިހެން އިދާރީ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން.

އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.

ކަނޑުބޯޓު ފަހަރަށް އަރައި ފޭބޭ ފަރާތެއްކަމުގައިވުން.

ޞިއްޙީ ގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން (އިންޓަވިއުއިން ފާސްވެ ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކް އަޕެއް ހަދަން ޖެހޭނެއެވެ.)

ޔުނީފޯމު އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން.

ނޯޓް: އަދި 6 މަސްދުވަހުގެ ޓްރެއިނިންގ ނިމުމަށްފަހު ދާއިމީ މަޤާމަށް ބަދަލުކުރެވޭއިރު މުވަޒަފުންގެ މުސާރައާއި މަޤާމު ބަދަލުވާނެއެވެ.

ފޯމު ހުށަހަޅަންވީ ތާރީޚު އަދި ތަން : 24 މާރިޗު 2015 ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  ޏ. ފުވަމުލަކުގައި ހުންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އޮފީހާއި، މާލޭގައި ހުންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ހެޑް އޮފީހަށް (ވެލާނާގެ 1 ވަނަ ފަންގިފިލާ )

ހުށަހަޅަންޖެހޭ ލިޔުންތައް:     

  • ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގަދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ސިވިލް ސަރވިސް ނުވަތަ އެހެންއެއްވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން،
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ވަޒިފާ އަދާކުރިކަމުގެ ލިޔުން.

އިންޓަރވިއު ކުރުމާއި އިމްތިޙާން ކުރުން:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަވާ ކެންޑިޑޭޓުންނާއި 2 (ދޭއް) އިންޓަވިއު އަދި އިމްތިޙާން ކުރެވޭނެއެވެ. އަދި އެންމެ މަތިން މާރކްސް ލިބޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާން ކުރުން، 08 – 12 އެޕްރީލް 2015 ގައި (ފުވައްމުލަކަށް ހުށަހަޅާ ފޯމު) ފުވައްމުލަކުގައި އިންޓަވިއު ކުރެވޭނެއެވެ. އަދި 12 - 15 އޭޕްރީލް 2015 ގައި (މާލެ އަށް ހުށަހަޅާ ފޯމު) މާލޭގައި އިންޓަރވިއު ކުރުން އޮންނާނެއެވެ. ވީމާ، މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. އަދި އިންޓަވިއުއަށް ހާޒިރުވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާއެކު ވަޑައިގަތުމަށް ދަންނަވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 0410 333 އަދި 0411 333 ނަންބަރު ފޯނާއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv  އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާ ބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓުން ދިވެހި ސިވިލް ސަރވިސް އަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015
ހޯދާ