މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

 މާލެ، ދިވެހިރާއްޖެ.                                          

                                                                  

ނަންބަރު: IUL)492/492/2023/1001)

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ލޭންޑް އަދި ވޯޓަރ ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީއާއެކު ދިވެހިސަރުކާރުން ހިންގަމުން ގެންދާ  [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (MAP) އަށް އިފާޑުން ފޯރުކޮށްދޭ ފައިސާއިން ބައެއް، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް ހިންގަމުންދާ އަތޮޅުތަކުގެ (ހއ، ހދ އަދި ށ) 3 (ތިނެއް) ރަށެއްގެ ލޭންޑް އަދި ވޯޓަރ ޔޫސް ޕްލޭން ހެދުމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިންޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން، މި ހިދުމަތަށް ބޭނުންވާ ކޮލިފިކޭޝަން (ފެންވަރު) އާއި ތަޖުރިބާ ހުރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދޭންވާނެއެވެ. އަދި މި އިޢުލާނާއެކު ހިމަނާފައިވާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ގެ ޓެމްޕްލޭޓް ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުވަންވާނެއެވެ.

 

މި ކޮންސަލްޓަންސީއަށް ކުރިމަތިލާ ކޮންސަލްޓިންގ ފާރމް (ކޮންސަލްޓަންޓް) އަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.

 

ކޮންސަލްޓަންޓް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.

 

ޝޯޓްލިސްޓްކުރެވޭ ކްރައިޓީރިއާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ޓެމްޕްލޭޓްގެ އެނެކްސް 2 ގައި ހިމެނިފައިވާނެއެވެ. ކޮންސަލްޓަންޓުގެ ކޮލިފިކޭޝަން ނުވަތަ ފެންވަރު އެންހޭންސްކުރުމަށްޓަކައި އެހެން ފާރމްތަކާއެކު ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓަންސީ ހެދިދާނެއެވެ.

 

"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ނުވަތަ ކްލެރިފައިކުރައްވަން ބޭނުންފުޅުވާނަމަ، އެކަމެއް 07 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ ކްލެރިފިކޭޝަން ރިކުއެސްޓްތަކަށް 10 ޑިސެމްބަރު 2023 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.

 

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 14 ޑިސެމްބަރު 2023 ވަނަ ދުވަހުގެ 11:30 ގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުތައް މެދުވެރިކޮށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033410

އީމެއިލް: [email protected]

 

 

16 ޖުމާދުލްއޫލާ 1445

30 ނޮވެމްބަރު 2023

30 ނޮވެންބަރު 2023
ހޯދާ