ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފުތަރުގައި ހިމެނުނު ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ؛

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް މި ފޯމު ހުށަހަޅަންވާނެއެވެ.

  1. ދަފްތަރުގައި  ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  2. ދަފްތަރުގައި ރަޖިސްޓްރީވިފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ދަފްތަރުގައި ރަޖިސްޓްރީވިފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރު ފުރިފައިވާ މީހުންނާއި އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭ ޢާއިލާތައް.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީގައި ހިމެނޭ މަތީގައި ދެންނެވިފައިވާ ފަރާތްތަކަށް، އެފުރުޞަތު މިއަދުން ފެށިގެން 2023 ޑިސެމްބަރ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ނޯޓް: 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން މި ފޯމު ހުށަހަޅަންވާނެއެވެ. އަދި  25 ޑިސެމްބަރ 2023 ގެ ނިޔަލަށް ފޯމު ހުށަހަޅާފައިނުވާ ހުރިހާ ފަރާތްތައް ދަފުތަރުން އުނިކުރެވޭނެ ވާހަކަ ދެންނެވީމެވެ. ނަމަވެސް 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މި ފޯމު ހުށަހަޅަން ޖެހޭނީ މަތީގައި ދެންނެވިފައިވާ ޙާލަތްތައް ބަދަލުވެފައިވާ ފަރާތްތަކުން އެކަނި ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

29 ނޮވެންބަރު 2023
ހޯދާ