ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

އިޢުލާން

މި ޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން: އިމިގްރޭޝަން އޮފިސަރުން

ރޭންކް: CS2

ސެކްޝަން: 3 (ތިނެއް) މަސްދުވަހުގެ ވަގުތީ މުއްދަތުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ހެޑް އޮފީސް (މާލެ) އެއަށްފަހު ހދ.ހަނިމާދޫގައި ހުންނަ އިމިގްރޭޝަންގެ އޮފީސް

މުސާރަ: -/6500ރ

ސްޕެޝަލް ސަރވިސް އެލަވެންސް: މުސާރައިގެ %35 (ވަޒީފާ ދާއިމީ ވުމުން)

ޚާއްޞަ ޚިދުމަތްތަކަށްދޭ އެލަވަންސް: އެއަރޕޯރޓް، ސީޕޯޓްގެ ޚިދުމަތްދޭ އިމިގްރޭޝަން އޮފިސަރުން މަސައްކަތު ނުކުންނަ ދުވަހަކަށް -/120ރުފިޔާ އަދި އެއަރޕޯރޓް، ސީޕޯޓްގެ ޚިދުމަތް ނޫން އެހެން ޚިދުމަތް ފޯރުކޮށްދޭ އިމިގްރޭޝަން އޮފިސަރުން މަސައްކަތު ނުކުންނަ ދުވަހަކަށް -/90 ރުފިޔާ

ނޯޓް: ޓްރޭނިންގެ މުއްދަތުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ދެވޭނެއެވެ.

ކޮއްތު ފައިސާ: -/60ރ (އެއަރޕޯޓަށް ނުކުންނަ ކޮންމެ ދުވަހަކަށް)

އަދަދު: 01 (އެކެއް)

މުއްދަތު: 6 (ހައެއް) މަސްދުވަހުގެ ވަގުތީ މަޤާމަށް ފަހު މަސައްކަތުގައި ހުނަރާއި ޤާބިލްކަމަށް ބަލައި ސިވިލް ސަރވިސް ގެ އުސޫލުތަކާ އެއްގޮތަށް ވަޒީފާ ހަމަ ޖައްސާނެއެވެ.

މަސައްކަތް ކުރާނެ ތަން: 01 (އެކެއް) އޮފިސަރުން ހދ.ހަނިމާދޫގައި ހުންނަ އިމިގްރޭޝަންގެ އޮފީސް

ތައުލީމާއި ތަޖުރިބާ: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު، ސާނަވީ އިމްތިޙާނު 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، އުމުރުން 25 އަހަރު (އިޢުލާނުގެ މުއްދަތު ހަމަވާއިރު 25 ) ފުރިފައިނުވުން. އަދި އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ޞިއްޙީ ޤާބިލުކަން ލިބިފައިވުން. (އިންޓަރވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ).

ނޯޓް:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާރކްސް ދިނުމުގައި، އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ތައުލީމީ ފެންވަރަށްވުރެ މަތީގެ ސެޓުފިކެޓް ހުށަހެޅި ކަމުގައިވިޔަސް މާރކްސް ދިނުމުގައި ބަލާނީ އަސާސީ ޝަރުޠަށް އެކަންޏެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް މާރކްސް ނުދެވޭނެއެވެ.

މިމަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި ދާއިމީ ކުރާއިރު ވަޒީފާގެ ހަމަޖެއްސި ތާރީޚު ކަމުގައި ބަލާނީ ކޮންޓްރެކް އުސޫލުން ވަޒީފާ ހަމަޖެއްސި ތާރީޚަށެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރާއްޖޭގެ ބަނދަރުތަކުން އެތެރެވެ ބޭރުވާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުން.
  • އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ކަނޑު ބޯޓްފަހަރުތަކަށް ދިއުން.
  • ބިދޭސީން ރާއްޖޭގައި ތިބުމަށް އެކިއެކި ވީޒާ ދޫކުރުމުގެ އެޑްމިސްޓްރޭޓިވް މަސައްކަތްތައްކުރުން.
  • ދިވެހިރަތްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވްލް ޑޮކިއުމަންޓްގެ ޚިދުމަތްދިނުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން.
  • އެއަރޕޯޓްތަކުގައި އަދި ހެޑްއޮފީހުގައި ކައުންޓަރ މަސައްކަތްކުރުން އެހެނިހެން އިދާރީ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން.
  • އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ކަނޑުބޯޓު ފަހަރަށް އަރައި ފޭބޭ ފަރާތެއްކަމުގައިވުން.
  • ޞިއްޙީ ގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން (އިންޓަވިއުއިން ފާސްވެ ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކް އަޕެއް ހަދަން ޖެހޭނެއެވެ.)
  • ޔުނިފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން.

ނޯޓް: އަދި 6 މަސްދުވަހުގެ ޓްރެއިނިންގ ނިމުމަށްފަހު ދާއިމީ މަޤާމަށް ބަދަލުކުރެވޭއިރު މުވަޒަފުންގެ މުސާރައާއި މަޤާމު ބަދަލުވާނެއެވެ.

ފޯމު ހުށައަޅަންވީ ތާރީޚް އަދި ތަން : 24 މާރިޗު 2015 ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހދ.ހަނިމާދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އޮފީހާއި، މާލޭގައި ހުންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ހެޑް އޮފީހަށް (ވެލާނާގެ 1 ވަނަ ފަންގިފިލާ )

ހުށަހަޅަންޖެހޭ ލިޔުންތައް:   

  • ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގަދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ސިވިލްސަރވިސް ނުވަތަ އެހެންއެއްވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން،
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ވަޒިފާ އަދާކުރިކަމުގެ ލިޔުން.

އިންޓަރވިއު ކުރުމާއި އިމްތިޙާން ކުރުން:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަވާ ކެންޑިޑޭޓުންނާއި 2 (ދޭއް) އިންޓަވިއު އަދި އިމްތިޙާން ކުރެވޭނެއެވެ. އަދި އެންމެ މަތިން މާރކްސް ލިބޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާން ކުރުން، 08 – 12 އެޕްރީލް 2015 ގައި (ހަނިމާދޫ އަށް ހުށަހަޅާ ފޯމު) ހަނިމާދޫގައި އިންޓަވިއު ކުރެވޭނެއެވެ. އަދި 12 - 15 އެޕްރީލް 2015 ގައި (މާލެ އަށް ހުށަހަޅާ ފޯމު) މާލޭގައި އިންޓަރވިއު ކުރުން އޮންނާނެއެވެ. ވީމާ، މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. އަދި އިންޓަވިއުއަށް ހާޒިރުވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާއެކު ވަޑައިގަތުމަށް ދަންނަވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 0410 333  އަދި 0411 333 ނަންބަރު ފޯނާއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv  އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާ ބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓުން ދިވެހި ސިވިލް ސަރވިސްއަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015
ހޯދާ