ދިވެހިރާއްޖެ
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
މ. މުލި
ދިވެހިރާއްޖެ
ނަންބަރު: K5C-A/2023/15
އިޢުލާން
މިކޯޓުންދޭ ޝެޑިއުލްއާ އެއްގޮތަށް ދަތުރުތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މަދުވެގެން 30 މީހުންގެ ޖާގައިގެ ސްޕީޑް ލޯންޗެއްގައި ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިކަންހުރި ޤާބިލް ފަރާތްތަކުން ތިރީގައިމިވާގޮތަށް މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގޫޅޭ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި ލިޔުންތައް ރަސްމީ ގަޑީގައި ކޯޓުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6720622 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މިކޯޓަށެވެ. ހުރިހާ ފަރާތްތަކުންވެސް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގަޑިއަށް ކޯޓަށް ހާޟިރުވެގެންނެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ގެންނެވުން އެދެމެވެ.
29 ނޮވެމްބަރ 2023