ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

އިޢުލާން

މިޑިޕާރޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން: އިމިގްރޭޝަން އޮފިސަރުން

ރޭންކް: CS2

ސެކްޝަން: މިޑިޕާރޓްމަންޓް އިން އެވަގުތަކު ކަނޑައަޅާ ސެކްޝަންއެއް / ރީޖަނަލް (ޕްރޮވިންސްތައް ހިމެނޭގޮތަށް)

މުސާރަ: -/6500ރ

ސްޕެޝަލް ސަރވިސް އެލަވެންސް: މުސާރައިގެ %35   (ވަޒީފާ ދާއިމީ ވުމުން)

ޙާއްޞަ ޚިދުމަތްތަކަށްދޭ އެލަވަންސް: އެއަރޕޯރޓް، ސީޕޯޓްގެ ޚިދުމަތްދޭ އިމިގްރޭޝަން އޮފިސަރުން މަސައްކަތު ނުކުންނަ ދުވަހަކަށް -/120 ރުފިޔާ އަދި އެއަރޕޯރޓް، ސީޕޯޓްގެ ޚިދުމަތް ނޫން އެހެން ޚިދުމަތް ފޯރުކޮށްދޭ އިމިގްރޭޝަން އޮފިސަރުން މަސައްކަތު ނުކުންނަ ދުވަހަކަށް -/90ރުފިޔާ

ކޮއްތު ފައިސާ: -/60ރ (އެއަރޕޯރޓަށް ނިކުންނަ ކޮންމެ ދުވަހަކަށް)

އަދަދު: 09 (ނުވައެއް)

މުއްދަތު: 6 (ހައެއް) މަސްދުވަހުގެ ވަގުތީ މަޤާމަށް ފަހު މަސައްކަތުގައި ހުނަރާއި ޤާބިލުކަމަށްބަލައި ސިވިލް ސަރވިސް ގެ އުސޫލުތަކާއިއެއްގޮތަށް ވަޒީފާ ހަމަ ޖައްސާނެއެވެ.

މަސައްކަތް ކުރާނެ ތަން: މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސް ތަކުގައި ދައުރުވާ ގޮތަށް

ތައުލީމާއި ތަޖުރިބާ: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު، ސާނަވީ އިމްތިޙާނު 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، އުމުރުން 25   އަހަރު ( އިއްލާން މުއްދަތު ހަމަވާއިރު ) ފުރިފައިނުވުން. އަދި އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން. (އިންޓަރވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ).

  • ނޯޓް: މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާރކްސް ދިނުމުގައި، އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރަށްވުރެ މަތީގެ ސަރޓިފިކެޓް ހުށަހެޅި ކަމުގައިވިޔަސް މާރކްސް ދިނުމުގައި ބަލާނީ އަސާސީ ޝަރުޠަށް އެކަންޏެވެ. އަދި މަސައްކަތު ތަޖުރިބާއަށް މާރކްސްއެއް ނުދެވޭނެއެވެ.

މިމަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި ދައިމީ ކުރާއިރު ވަޒީފާގެ ހަމަޖެއްސި ތާރީޚު ކަމުގައި ބަލާނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސި ތާރީޚަށެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރާއްޖޭގެ ބަނދަރުތަކުން އެތެރެވެ ބޭރުވާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުން.
  • އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ކަނޑު ބޯޓްފަހަރުތަކަށް ދިއުން.
  • ބިދޭސީން ރާއްޖޭގައި ތިބުމަށް އެކިއެކި ވީޒާ ދޫކުރުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައްކުރުން.
  • ދިވެހިރަތްޔިތުންނަށް ޕާސްޕޯރޓް އަދި ޓްރެވަލް ޑޮކިއުމަންޓްގެ ޚިދުމަތްދިނުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން.
  • އެއަރޕޯރޓްތަކުގައި އަދި ހެޑްއޮފީހުގައި ކައުންޓަރ މަސައްކަތްކުރުން އެހެނިހެން އިދާރީ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން.
  • އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ކަނޑުބޯޓު ފަހަރަށް އަރާ ފޭބޭ ފަރާތެއްކަމުގައިވުން.
  • ޞިއްޙީ ގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން (އިންޓަވިއުއިން ފާސްވެ ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކް އަޕް އެއް ހަދަން ޖެހޭނެއެވެ.)
  • ޔުނިފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން.
  • ނޯޓް: އަދި 6 މަސްދުވަހުގެ ޓްރެއިނިންގ ނިމުމަށްފަހު ދާއިމީ މަޤާމަށް ބަދަލުކުރެވޭއިރު މުވައްޒަފުންގެ މުސާރަ އާއި މަޤާމު ބަދަލުވާނެއެވެ.

ފޯމު ހުށައަޅަންވީ ތާރީޚު: 24 މާރިޗު 2015 ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:     

  • ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ސިވިލްސަރވިސް ނުވަތަ އެހެންއެއްވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން،
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ވަޒިފާ އަދާކުރިކަމުގެ ލިޔުން.

އިންޓަރވިއު ކުރުމާއި އިމްތިޙާން ކުރުން:

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަވާ ކެނޑިޑޭޓުނާއި 2 (ދޭއް) އިންޓަވިއު އަދި އިމްތިޙާން ކުރެވޭނެއެވެ. އަދި އެންމެ މަތިން މާރކްސް ލިބޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން ކުރުން، 08 އެޕްރީލް 2015 އިން 15 އެޕްރިލް 2015 އާއި ދެމެދު މާލޭގައި އޮންނާނެއެވެ. ވީމާ، މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން، އެތާރީޚު ތަކުގައި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. އަދި އިންޓަވިއުއަށް ހާޒިރުވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިފައިގެން ވަޑައިގަތުމަށް ދަންނަވާނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 0410 333 އަދި 0411 333 ނަންބަރު ފޯނާއެވެ. މިޑިޕާރޓްމަންޓްގެ ވެބްސައިޓްwww.immigration.gov.mv  އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާ ބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި މިޑިޕާރޓްމަންޓްގެ ވެބްސައިޓުން ދިވެހި ސިވިލް ސަރވިސް އަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015
ހޯދާ