ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބު 2023 - ޝަކުވާ ހުށަހެޅުމުގެ ނިޒާމް ޤާއިމުކުރުން

7 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އިންތިޚާބާގުޅޭ ޝަކުވާތައް ބެލުމަށް ހަމަޖެހިފައިވަނީ، "ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށްޓަކައި ބާއްވާ އިންތިޚާބާބެހޭ އުސޫލު" ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާއިމުކޮށްފައިވާ ޢާންމު މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން އެކުލެވޭ "ޝަކުވާ ބަލާ ކޮމިޓީ" އިންނެވެ. މި ކޮމިޓީއަށް އިންތިޚާބާބެހޭ ކޮމިޓީން ޢައްޔަނުކޮށްފައިވަނީ އަންނަނިވި ފަރާތްތަކެވެ.

  1. އަލްއުސްތާޛު އާދަމް ޝަރީފް (2018/288)
  2. އަލްއުސްތާޛު ޙާމިދު އިސްމާޢީލް (2019/04)
  3. އަލްއުސްތާޛާ ޢާއިޝަތު ނަޖީޙާ (2016/66)

އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 9 ޑިސެންބަރު 2023 ވާ ހޮނިހިރު ދުވަހުގެ 20:00 އާ ހަމައަށެވެ.

ޝަކުވާ ފޯމް ލިންކް: https://forms.gle/4dUW3rEsaS9ffAa26

29 ނޮވެންބަރު 2023
ހޯދާ