ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

އިޢުލާން

 

އަންދަސީ ހިސާބު ހުށަހެޅުމުގެ ދައުވަތު.

           މިނިސްޓްރީ އޮފް އެންވަޔަރުމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ "އެންދެރި" ޕްރޮޖެކްޓް ދަށުން، ހައްދުންމަތީ ކުނަހަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސްމާޓް ފާރމްގެ މަސައްކަތް މެނޭޖް ކުރުމާއި، ފާރމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމާއި އަދި ފާރމްގައި މަސައްކަތްކުރާ ފަރާތްތަށް ތަމްރީނުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެމްބަރު 07 ދުވަހުގެ 13:00 ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމކުރައްވާ މި ކައުންސިލްގެ [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މި ދެންނެވިފައިވާ ސުންގަޑީގެ ކުރިން މި ކައުންސިލަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެމްބަރު 10 ވަނަ ދުވަހުގެ 13:00ގައި ލ. ކުނަހަންދޫ ކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                 

 

 

15 ޖުމާދަލްއޫލާ    1445

29  ނޮވެމްބަރު    2023

29 ނޮވެންބަރު 2023
ހޯދާ