މަޤާމު
|
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 3 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01
|
މަޤާމު ނަންބަރު
|
231933
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
- މުސާރަ: -/4465ރ
- ސަރވިސް އެލަވަންސް: -/1500ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ހައްލުކުރުން.
- އޮފީހުގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާ، ޕްރިންޓަރ ތަކާއި އެހެނިހެން އައި.ޓީ. ދާއިރާއާ ގުޅޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގައި ހައްލުކުރެވެން ހުރިވަރަކުން ހައްލުކުރުމާއި ނުކުރެވޭވަރުގެ ކަންތައްތައް ފައިނޭންސް ސެކްޝަނާ ގުޅިގެން އެކަމާބެހޭ މީހުން ލައްވައި ރަނގަޅުކުރެވޭތޯ ބެލުން.
- އޮފީހުގެ ކޮމްޕިޔުޓަރ ސިސްޓަމްތައް ދޭތެރެ ދޭތެރެއިން ޗެކުކުރުން.
- އޮފީހުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރ ބެލެހެއްޓުމާއި ޖިއޮގްރަފިކަލް އިންފޮމޭޝަން ސިސްޓަމް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
- ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ފައްޓަވާފައިވާ ޤައުމީ މުވާޞަލާތީ ވިއުގަ ގުޅައިދިނުމުގައި އަދި ގަވަރންމަންޓް އިލެކްޓްރޯނިކް މެއިލް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކުގައި އޮފީހުގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- މަތީގައި ދެންނެވުނު މަސައްކަތްތަކާ ގުޅިގެން މުހިއްމު ކަމެއް ކުރެވެމުންދާނަމަ އެކަމެއްގެ މަޢުލޫމާތު އޮފީހުގެ ޔައުމިއްޔާ ލިޔާ މުވައްޒަފަކަށް ދިނުން.
- ސެކްޝަންގެ ވެރިއަކު އަންގަވާ އޮފީސް މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވައި އަދި ހިންގައި އެންމެހައި ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.
- މިނިސްޓްރީގެ މުހިންމު ޑޭޓާތައް ގަވާއިދުން ބެކަޕް ކޮށް، ސަރވަރއާއި ކޮމްޕިއުޓަރ ނެޓްވާރކަށް ދިމާވެދާނެ މައްސަލަތަކަށް ތައްޔާރުވުމުގެ ގޮތުން ކޮންޓިންޖެންސީ ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭނާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
- ޖެމްސްއާ ގުޅޭ ޚިދުމަތްތަކާއި އިންޓްރާނެޓް ބޭނުންކުރުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
- އައި.ޓީ. ދާއިރާއިން ސްޓާފުންނަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުން.
- އައު އެޕްލިކޭޝަންތަކަށް ސަޕޯޓު ފޯރުކޮށްދިނުން.
- އައި.ޓީ. ދާއިރާއަށް އަންނަ ކުރިއެރުންތަކާ ބެހޭ ދިރާސާ ކުރުމާއި އޭގެ އަލީގައި މިނިސްޓްރީގެ މަސައްކަތް އިތުރަށް ހަލުވިކޮށް ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ވެރިންގެ ސަމާލުކަމަށް ގެނައުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 މާރިޗު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
21 ޖުމާދަލްއޫލާ 1436
|