ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕިކްނިކް އޭރިޔާ ތަރައްޤީކޮއްދޭނެ ފަރާތެއް ހޯދުން
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ
(IUL)245-MIM/245/2023/112 :ނަނަބަރު
އިއުލާން
ޕިކްނިކް އޭރިޔާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން
- ޕިކްނިކް އޭރިޔާ ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)245-MIM/245/2023/85 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.
- މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 30 ނޮވެމްބަރ 2023 އިން 07 ޑިސެމްބަރ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ފޯމުގެ ލިންކު: https://forms.office.com/r/YV9s5zjAXd
- މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރު 07 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501013 އަށް ގުޅުއްވުން އެދެމެވެ.
- މަސައްކަތާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރިބިޑް މީޓިންގ) އޮންނާނީ 2023 ޑިސެމްބަރު 07 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ޕްރިބިޑު މީޓިންގއަށް ޙާޟިރުނުވިކަމުގައިވިޔަސް ބީލަން ހުށަހެޅޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 13 ޑިސެމްބަރ 2023، ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގެ ރޫމުގައެވެ.
- ބީލަން ފޮތާއި، ކުރެހުންތައް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
15 ޖުމާދަލްއޫލާ 1445
29 ނޮވެމްބަރ 2023
29 ނޮވެންބަރު 2023
ހޯދާ