މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި މިނިސްޓްރީގެ ނަންބަރު IUL)138-AS4/1/2015/36) އިޢުލާނުގައި މަޤާމުގެ ޝަރުޠުތައް ހިމެނިފައިވަނީ އިދާރީ ދާއިރާގެ ވަޒީފާގެ އޮނިގަނޑު (01 އެޕްރީލް 2013) ގައި ބަޔާންކޮށްފައިވާ ގޮތަށް ނޫންކަމަށް ވާތީ އެ އިޢުލާން ބާޠިލުކޮށް، ޝަރުޠު އިޞްލާޙުކުރުމަށްފަހު މި މަޤާމަށް އަލުން އިޢުލާންކުރީމެވެ.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2 / ސީނިއަރ އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

މަޤާމުގެ ނަންބަރު

257041

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ސަޕޯޓް ސަރވިސް ޔުނިޓް، އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/6295ރ
  • ސަރވިސް އެލަވަންސް: -/2000ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

    (އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

 

 

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް އަންނަ ލިޔެކިޔުންތައް ރޫޓްކޮށް އީގަވަމަންޓްގެ ޒަރީއާއިން ފޮނުވާ ލިޔެކިޔުންތަކުގެ ރިކޯޑް އަޕްޑޭޓްކުރެވިފައިވޭތޯ އިސްވެރިއެއްގެ ބެލުމުގެ ދަށުން ބަލައި ޗެކްކުރުން.
  • އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްއިން ހިނގަމުންދާ މަޝްރޫޢަކާ ގުޅިގެން ނޫންގޮތަށް އަންނަ ލިޔެކިޔުންތަކަށް ސެކްޝަންގެ ވެރިއެއްގެ ލަފާގެ މަތިން ޖަވާބުދީ ފައިލުކޮށް ބެލެހެއްޓުން.
  • އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް މީޓިންގ ރާވައި ޔައުމިއްޔާއާއި ހާޒިރީ އިސްވެރިއެއްގެ ބެލުމުގެ ދަށުން ބެލެހެއްޓުން.
  • ދުވަހުން ދުވަހަށް އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް ފަރާތުން ނިންމަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް އެ މަސައްކަތްތައް ހަވާލުކޮށްފައިވާ މުވައްޒަފުންނަށް ބާރުއަޅައި ނިންމުން. (ޔައުމިއްޔާ، ސްޓޮކް، އިންޓަރނަލް ލިޔެކިޔުންތަކަށް ޖަވާބުދިނުން)
  • އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް މުވައްޒަފުންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ބަލައި އެދަތުރުތައްކުރުމުގެ އިސްވެރިއެއްގެ ދަށުން އިންތިޒާމު ހަމަޖެއްސުން. އަދި އެންގުން.
  • ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތު ފަދަ ރަސްމިއްޔާތުތައް ބޭއްވުމަށްޓަކައި ސެކްޝަންގެ ފަރާތުން ކުރަންޖެހޭ ތައްޔާރީތައް ކުރުން.
  • އޮޑިޓްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ސެކްޝަނުން ބޭރަށް ގެންދެވޭ ފައިލްތަކުގެ ރިކޯޑް ބެލެހެއްޓުން.
  • ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް ކޯޕަރޭޓް ޑިޕާޓްމަންޓަށް ފޮނުވުން.
  • ޑިޕާޓްމަންޓްގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅޭ ވަގުތުގެ ތެރޭގައި ނިންމުމަށް ބާއްވަންޖެހޭ ބައްދަލުވުންތައް ރޭވުން.
  • ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ފެންވަރުބެލުމާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 މާރިޗު - އެޕްރީލް މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ