މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާނު

ނީލަން ކިޔުން

މިކުންފުނީގެ ކާރގޯ ސެކްޝަނުގެ ބެލުމުގެ ދަށުގައި ހުންނަ، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދާތަކުގެ ތެރެއިން ގިނަ ދުވަސްވެ ނުގެންގޮސްފައިވާ މުދާ ކުރިއެކޭވެސް އެއްގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން އިބްރާހިމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ކާރގޯ ސެކްޝަނަށް ދުރުވެ ނަންނޯޓު ކުރުން ހަމަޖެހިފައިވަނީ 21 މާރިޗު އަދި 22 މާރިޗު 2015 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރު 15:00 އަށެވެ. އަދި ނީލަން ކިޔުމުގައި ބައިވެރިވެލައްވަން ދުރުވާ ފަރާތްތަކުން އައި.ޑީ ކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

ނީލަން ކިޔުން އޮންނާނީ 23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 10:30އިން 17:00 އަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓު 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އިން ފެށިގެން އިބްރާހިމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ކާރގޯ ޑިޕާރޓްމަންޓްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް މިތަކެތި ދައްކާލުން އޮންނާނީ 23 މާރިޗު 2015 ވާ ހޯމަ ދުވަހު ހެނދުނު 08:00އިން މެންދުރު 10:00އަށެވެ.

އެ މުދަލެއް ނީލަމުން ނެންގެވި ފަރާތްތަކުން އެމުދަލެއް ނީލަމުގައި ނިމުނު އަގު އެމް.އޭ.ސީ.އެލް އަށް 3 ދުވަހުގެތެރޭގައި ދެއްކުމަށްފަހު އެމުދަލެއް ކްލިއަރ ކުރަން ވާނެއެވެ. 3 ދުވަސް ވުމަށްފަހު ފައިސާ ދައްކާފަ ނުގެންގޮސް ހުންނަ މުދާ ޑެމަރޭޖް ޗާޖާއެކު ކްލިއަރ ކުރުމަށް އިތުރު 4 ދުވަސް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ މުދާ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ނައްތާލެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015
ހޯދާ