އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުން

2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއިގުޅޭ

 

2024 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 7ޑިސެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު  12:00 އިން 14:00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުންއެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
  3. މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 7ޑިސެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގައެވެ
  4. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 14 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހިމަންދޫ ސްކޫލުގައެވެ.
  5. މި އިޢުލާނާއި ގުޅޭ ބީލަންފޮތް މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހިމަންދޫ ސްކޫލް

އއ.ހިމަންދޫ

ފޯން : 6660842

އީމެއިލް: [email protected]

29 ނޮވެންބަރު 2023
ހޯދާ