ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން އެކުލަވާލައިފައިވާ 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 25 ޑިސެންބަރު 2023 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިތާރީޚުގެ ކުރިން ފޯމު ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ނަންބަރު 142-C2/CIR/2023/30 ސަރކިއުލަރ އިން ވަނީ އަންގާފައެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހެޅުމަށް ދަންނަވަމެވެ.
- ދަފްތަރުގައި ރަގިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
- ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
- ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުންދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
- 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރު 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭ އާޢިލާތައް.
މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ދެވިފައިވާ މުއްދަތައް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހަޅާފައިނުވާނަމަ، ދަފްތަރުންއުނިކުރެވޭނެ ވާހަކަ މިނިސްޓްރީއިން ވަނީ އަންގާފައެވެ.
ވީމާ، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހެޅުމުގެ ފުރުޞަތު 29 ނޮވެންބަރު 2023 ވާ ބުދަ ދުވަހުން ފެށިގެން 25 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަވެސް ދަންނަވަމެވެ. މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 6820020 އަށް ގުޅުއްވުން އެދެމެވެ.
މިހެންކަމުން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.