ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ޙިފްޡުލްޤުރްއާން ކޮމްޕެޓިޝަން 2024 (ޤުރްއާން އައްނޫރް) ގައި ބައިވެރިވުމުގެ ދަޢުވަތު

އިންޓަރނޭޝަނަލް ޙިފްޡުލްޤުރްއާން ކޮމްޕެޓިޝަން 2024 (ޤުރްއާން އައްނޫރް)ގައި ބައިވެރިވުމުގެ ފުރުސަތު

 

ބަންގްލަދޭޝްގެ ބޮށުންދަރާ ގްރޫޕުން އިންތިޒާމްކޮށްގެން، 2024 ވަނައަހަރުގެ ޖެނުއަރީ މަހުގެ 15 އިން 25 އަށް ބަނގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ޙިފްޡުލްޤުރްއާން ކޮމްޕެޓިޝަން 2024 (ޤުރްއާން އައްނޫރް)" ގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ.

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

1-      ޢުމުރުން 16 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ނުވުން.

2-      މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުން.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޙާފިޡް ކަމުގެ ސަނަދު 6 ޑިސެމްބަރު 2023 ވާ ބުދަ ދުވަހުގެ13:00  ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ "[email protected]" އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

29 ނޮވެންބަރު 2023
ހޯދާ