ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ތާރީޚް |
28 ނޮވެންބަރު 2023 |
|
ނަންބަރު |
(IUL)168-CA/1/2023/98 |
||
ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް |
|||
މަޤާމު: |
ޑިރެކްޓަރ |
||
ރޭންކް: |
އީ.އެކްސް 1 |
||
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ |
||
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު -/13,650 ރުފިޔާ - ލިވިންގ އެލަވަންސް -/3000 ރުފިޔާ - ސާރވިސް އެލަވަންސް -/3500 ރުފިޔާ - ފޯނު އެލަވަންސް: -/500 ރުފިޔާ މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ރަސްމީ ގަޑި: |
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް |
||
ޝަރުޠު: |
|
||
މަޤާމުގެ މަސްއޫލިއްޔަތު: |
1- ހިއުމަން ރައިޓްސް ކޮމިޝަންގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ (އެން.ޕީ.އެމް) މަސައްކަތްތައް ރާވާ ހިންގުން، 2- އެން.ޕީ.އެމް.ގެ ވާރކް ޕްލޭންގައިވާ މަޤްސަދުތައް ހާޞިލުކުރުމަށްޓަކައި، މިޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކޮށް އެމަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުން، 3- އެން.ޕީ.އެމްގެ އަހަރީ ރިޕޯޓު އެކުލަވާލައި ޢާއްމު ކުރުން 4- އެން.ޕީ.އެމްގެ މޮނިޓަރިންގ ދަތުރުތައް ލީޑްކުރުން އަދި ޑިޕާޓަމަންޓްގެ މިފަދަ ދަތުރުތަކުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު މުވައްޒަފުންނަށް ދިނުން، 5- އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭަ ތަންތަނަށް ކުރާ ޒިޔާރަތްތައް ރާވައި، އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯޓު ތައްޔާރުކުރުން އަދި މިކަންކަމަށް ބޭނުންވާ ލަފާ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ދިނުން. 6- މިނިވަންކަން ގެއްލޭގޮތަށް މީހުންބަންދުކުރެވިފައިވާ ތަންތަނުގެ މައްޗަށް ރިޕޯރޓް/ ނޫސްބަޔާން ތައްޔާރުކުރުމަށް ދޭންޖެހޭ ލަފާ ދިނުން. 7- މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކާއި މިފަދަ ތަންތަން ބެލެހެއްޓުމާ ހަވާލުވެގެން ތިބޭ ފަރާތްތަކާއި މުވައްސަސާތަކާއި އެހެނިހެން ފަރާތްތަކުން މިފަަދަ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތު ހޯދުން. 8- މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ރާވައި، މިފަދަ ބައްދަލުވުންތައް ލީޑްކޮށް ކަމާ ބެހޭ އިދާރާތަކާއެކު ބިނާކުރުވަނި މަޝްވަރާކުރުން. 9- މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނާ ގުޅޭގޮތުން ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރު ބަލައި އެކަމަށް މަސައްކަތްކުރުން. 10- އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމާއި ކޮމިޝަނާ އޮންނަ ގުޅުން ދެމެހެއްޓުން. 11. އެން.ޕީ.އެމްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަން ޖެހޭ ރިސާރޗް / ތަޙުލީލު ތަކުގައި ޢަަމަލީ ގޮތުން ބައިވެރިވުން. 12- ޑިޕާންޓްމަންޓްގެ މުވައްޒަފުންނައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. 13- އެން.ޕީ.އެމްގެ މަސައްކަތާ ގުޅޭގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުން. 14- ކޮމިޝަން ތަމްޞީލު ކުރަން ޖެހިއްޖެ ޙާލަތެއްގައި ކޮމިޝަނުގެ އިރުޝާދުގެ މަތިން އެކަން ކުރުން. 15- އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުޢާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން. 16- ކޮންމެ އަހަރެއްގެ އެނުއަލް ވަރކް ޕްލޭން އެކުލަވާލުން. 17- ޑިޕާޓްމަންޓްގެ މަސައްކަތް ހިނގާ ނުހިނގާ މިންވަރު، ކޮންމެ މަހަކު އެއްފަހަރު ވަޒަންކޮށް ރިޕޯޓް ކުރުން. 18- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 19- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން. 20. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
||
ސުންގަޑި: |
2023 ޑިސެންބަރު 11 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން |
||
އެހެނިހެން: |
|