ޑްރަގް ކޯޓު
ދިވެހިރާއްޖެ
ތަކެތި ގަންނަން

ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

ތިރީގައި މިދަންނަވާ ތަކެތި މިކޯޓަށް ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

#

ބޭނުންވާ ތަކެތި

އަދަދު

01

އޭ4 ރީމް

200

02

ޑަބަލް ޓޭޕް (2”)

30

03

ބައިންޑަރ ކްލިޕްސް (32mm) ފޮށި

30

04

ކަޅު ގަލަން (ސެލޯ ގްރިޕަރ)

100

05

ނޫ ގަލަން (ސެލޯ ގްރިޕަރ)

100

06

އޭ3 ރީމް

05

07

އޭ4 ރީމް (ނޫ ކުލަ)

05

08

އޭ4 ރީމް (ރީނދޫ ކުލަ)

05

09

އޭ4 ރީމް (ފިޔާތޮށި ކުލަ)

05

10

އޭ4 ރީމް (ފެހި ކުލަ)

05

11

އެންވެލޮޕް (9*4 އިންޗް)

500

12

އެންވެލޮޕް (އޭ4)

1000

13

ސޮއިކުރާ ގަލަން (ކަޅު ކުލަ)

50

14

ސޮއިކުރާ ގަލަން (ނޫ ކުލަ)

50

15

ޕޭޕަރ ކްލިޕްސް (25mm)

200

16

ޕޭޕަރ ކްލިޕްސް (50 mm)

100

17

ފަންސޫރު

20

18

ކަތުރު

10

19

ސްޓިކް ނޯޓް ސްޓްރިޕްސް

30

20

ފިންގަރ މޮއިސްޓްނަރ

25

21

ސިޓީ އުރަ (A3)

100

22

ޑޮކިއުމަންޓް ޓްރޭ

15

23

ކައުންޓަރ ޕެން

50

24

ސެލޯ ޓޭޕް (1”)

30

25

ސެލޯ ޓޭޕް (1/2”)

30

26

ސެޓްފިކެޓް ޕޭޕަރ ރީމް

05

27

މާކަރ (ކަޅު ކުލަ)

15

28

މާކަރ (ނޫ ކުލަ)

30

29

މާކަރ (ރަތް ކުލަ)

15

30

މޮނިޓަރ ފޮތް (300 ސޮފްޙާ)

20

31

ޕަންޗަރ (HD)

10

32

ޕަންޗަރ (ކުޑަ)

15

33

ފަންސޫރު ޖަހާ ދަތި

30

34

ސްޓޭޕްލަރ (ބޮޑު)

10

35

ސްޓޭމްޕް ޕެޑް (ނޫ ކުލަ، ކުޑަ)

20

* މިތަކެތި ހަމަނުވާނަމަ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

މާކްސް ދޭނެ ގޮތް:

- އަގަށް : %70 ( އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް )

- ޑެލިވަރީ މުއްދަތު : % 15 (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

- ތަޖުރިބާ : % 15 (2010 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން 2015 ގެ ޖަނަވަރީމަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި އެންމެގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

- އަންދާސީހިސާބު ހުށަހެޅޭނީ ލިސްޓު ކުރެވިފައިވާ ހުރިހާ އައިޓަމްތަކަށް އެއް އަންދާސީހިސާބެވެ.

- ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން

- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.    

- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ. 

- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާން ކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރަޖިސްޓްރޭޝަނުގެ ކޮޕީ ހުށަހެޅުއްވުން. 

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރަޖިސްޓްރޭޝަނުގެ ކޮޕީ.

- ހުށަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުއްވުން.

- ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެ އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓަރ ފަދަ ލިޔުންތަކަށެވެ.

- ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 22 މާރިޗު 2015 ވަނަ ދުވަހުގެ 10:00 އަށް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި "ސްޓޭޝަނަރީސް ވިއްކުމަށް އެދި" ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ޑްރަގް ކޯޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ޔުނިޓް

މާލެ، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 22 މާރިޗު 2015 ވަނަ ދުވަހުގެ 10:00 ގައި ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މީޓިންގރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ.

މިކަމާ ބެހޭގޮތުން  އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3018556 އަށް ގުޅުއްވުން އެދެމެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ