ދިވެހިރާއްޖެ
- މި ސްކޫލުގެ ދަރިވަރުން ކުޅޭ ސަރަހައްދު، އަވިދާ ބޭނުންކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
 
މި ސްކޫލުގެ ދަރިވަރުން ކުޅޭސަރަހައްދު، އަވިދާ ބޭނުންކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. (70 ފޫޓު xފ100 ފޫޓު) ގެ މިސަރަހައްދު ހިޔާކުރުމަށް ހަމަޖެހިފައިވަނީ ދަނގަޑުހޮޅިން ފްރޭމެއް ހަދައި ފްރޭމުގެ މަތިން އަވިދާ ދަމައިގެން ފުރިހަމަކުރާގޮތަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އެމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވިދާނެއެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚާއި ގަޑި  | 
 އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި  | 
| 
 2015 މާރިޗު 22 ވާ އާދީއްތަ ދުވަސް ގަޑި 13:00  | 
 2015 މާރިޗު 26 ވާ ބުރާސްފަތި ދުވަސް ގަޑި 13:00  | 
- އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.
 
20 ޖުމާދަލްއޫލާ 1436
