ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އާންމު ފަރުދުންނަށް އެކްސްޕެޓް ސިސްޓަމުން ޔޫޒަރ އެކައުންޓް ހުޅުވުމުގައި ހުށަހަޅާ ލިޔެކިއުންތަކަށް ބަދަލު ގެނައުން

ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި، އާންމު ފަރުދުން އެކްސްޕެޓް ސިސްޓަމުން ޔޫޒަރ އެކައުންޓު ހުޅުވުމަށް އެދޭއިރު، ހުށަހަޅަންޖެހޭ ލިޔެކިއުމުގެ ތެރޭގައި ހިމެނޭ ފޯނު ނަންބަރުގެ ވެރިފަރާތްކަން އަންގައިދޭ ލިޔުމާއި، ހަމަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައިވުމުން، އާންމު ރައްޔިތުންނަށް ދަތިވަމުންދާތީވެ މިތަކެތި ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިދިނުމަށްއެދި އާންމު ރައްޔިތުންގެ ފަރާތުން އިމިގްރޭޝަނަށް ހުށަހަޅަމުން ދެއެވެ. އެހެންކަމުން 15 މާރިޗު 2015 އިން ފެށިގެން، އާންމު ރައްޔިތުންގެ އެދުމުގެ މަތީން، އިސްވެ ދެންނެވި ލިޔެކިއުން ހުށަހަޅަން ނުޖެހޭ ގޮތަށް ނިންމައިފީމެވެ.

މިދެންނެވި ލިޔުންތައް ހުށަނާޅާގޮތަށް ހަމަޖެހުމާގުޅިގެން، އެކްސްޕެޓް ސިސްޓަމުގައި ޔޫޒަރ އެކައުންޓު ހުޅުވުމަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ފޯނު ނަންބަރު ހުށަހަޅާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ޔޫޒަރ އެކައުންޓު ހުޅުވުމަށް އެދޭ ފަރާތުގެ ނަމުގައިވާ ފޯނު ނަންބަރަކީ "އަންލިސްޓެޑް" ނަންބަރެއްނަމަ، އެނަންބަރުގެ ވެރިފަރާތަކީ ކާކުކަން އަންގައިދިނުމަށް، މުވާސަލާތީ ޚިދުމަތް ލިބިގަންނަ ކުންފުންޏަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. އެކްސްޕެޓް އޮންލައިން ސިސްޓަމުން އެކައުންޓު ހުޅުވާދެވޭނީ މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ.

އެކައުންޓު ހުޅުވުމަށްއެދި ހުށަހަޅާނީ، އެކްސްޕެޓް އޮންލައިން ވެބްސައިޓް (https://citizen.egov.mv/workpermit) މެދުވެރިކޮށެވެ. 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރަމެވެ. 

24 ޖުމާދަލްއޫލާ 1436

15 މާރިޗު 2015
ހޯދާ